ވިއްސާރައިގާ ދެކުނުގެ ދެ ސިޓީގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ އައްޑޫ ސިޓީގެ ބައެއް ގޭގޭގައި ފެންބޮޑުވެއްޖެ އެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވާރޭ ވެހި ފެން ބޮޑުވެގެން ހަ ގެއަކަ...

06 Nov 2017 | 07:12

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ އައްޑޫ ސިޓީގެ ބައެއް ގޭގޭގައި ފެންބޮޑުވެއްޖެ އެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވާރޭ ވެހި ފެން ބޮޑުވެގެން ހަ ގެއަކަށް ފެންވަދެ އަދި ފުވައްމުލަކުގައި ފެންބޮޑުވެގެން ކާނު ކެނޑުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާއިން ފަށާފައިވާކަމަށެވެ.

އައްޑޫގައި ހިންގަމުން އަންނަ ނޫހެއްކަމުގައިވާ އައްޑޫއޮންލައިންގައި މިއަދު ރިޕޯޓްކޮށްފައިވާޣޮތުގައި ބޯކޮށް ވާރޭވެހި މުޅި އައްޑޫގައި ވަނީ ފެންބޮޑުވެފަ އެވެ.

އައްޑޫލައިވްގައި ބުނެފައިވަނީ އިއްޔެ މެންދުރު ފަހުން ފެށިގެން އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ޢާއްމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ހުޅުދޫ އަދި މީދޫގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި ކަމަށެވެ. މީގެ އިތުރުން ހިތަދޫ އަދި ފޭދޫގެ ބައެއް ގެތަކަށް ވެސް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ވިއްސާރަ ވުމުގެ ސަބަބުން ހިތަދޫގައި ހިންގާ ހިރާ ޕްރީ ސްކޫލްގެ ކިޔެވުން ވެސް ވަނީ ކެންސަލްކޮށްފައި ކަމަށާއި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ މުނިސިޕަލް ސަރވިސްގެ ޓީމަކުން މިހާރު ދަނީ ބައެއް ހިސާބުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތުވެސް އެ ނޫހަށް ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް