މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ދެކުނުގެ އަތޮޅޫތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ.
ހެނދުނު 06:00ގައި ނެރުނު މި އެލާޓް ދެމި އޮންނާނީ ހެނދުނު 06:05 އާއި ހެނދުނު 09:00 އާއި ދެމެދުގެ ވަގުތުތަކުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް