ރާއްޖޭގައި އައިފޯނު އެކްސްގެ އަގު 35 ހާސް ރުފިޔާ !

އެޕަލްގެ އައު ފޯނު، އައިފޯނު އެކްސް ވިއްކަން ފަށާފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު، އޮންލައިން މާކެޓް ޕްލޭސް، އައިބޭގައިވެސް އައިފޯނު އެކްސް މިހާރު ވިއްކަން އެބަ ހުއްޓެވެ. އަގުތަކަށް ބަލާއިރު އެންމެ ކުޑ...

05 Nov 2017 | 23:15

އެޕަލްގެ އައު ފޯނު، އައިފޯނު އެކްސް ވިއްކަން ފަށާފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު، އޮންލައިން މާކެޓް ޕްލޭސް، އައިބޭގައިވެސް އައިފޯނު އެކްސް މިހާރު ވިއްކަން އެބަ ހުއްޓެވެ.

އަގުތަކަށް ބަލާއިރު އެންމެ ކުޑަކޮށް އުޅެނީ 24 ހާހުން މަތީގަ އެވެ. އެއީ 64 ޖީބީގެ މޮޑެލް އެވެ. އެންމެ އަގު ބޮޑުކޮށް ވިއްކަން ހުރީ 35 ހާސް ރުފިޔާއަށްވުރެ ބޮޑު އަގެއްގަ އެވެ. އެއީ 256 ޖީބީ މޮޑެލް އެވެ.

އައިފޯނު އެކްސްއަށް އެޕަލް އިން ދީފައިވާ ރަސްމީ އަގު ރޭންޖަކީ 999 ޑޮލަރާއި 1149 ޑޮލަރުގެ ރޭންޖެވެ. އެއީ ދިވެހި ރުފިޔާގެ ރަސްމީ ރޭޓަށް ބަލައިފިނަމަ 15 ހާސް ހަތަރު ސަތޭކަ ހަތަރު ރުފިޔާ ފަންސާސް އަށް ލާރި އާއި 17 ހާސް ހަތް ސަތޭކަ ސަތާރަ ރުފިޔާ ފަންސާސް އަށް ލާރި އެވެ.

ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އައިފޯނު އެކްސްގެ ޑިމާންޑް ބޮޑު ކަމުން މި ބްރޭންޑްގެ ފޯނުތަކުގެ އަގު އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާގައި އައިފޯނު އެކްސްގެ އަގު އުޅެނީ އެއް ލައްކަ ފަންސާސް ހާސް ރުޕީސްއަށްވުރެ މަތީގަ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ ތިރީސް ފަސް ހާސް ހަތްސަތޭކަ ސައުވީސް ރުފިޔާ ބާރަ ލާރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް