މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މިރޭ 02:34ގައި ވައިޓް އެލާޓް ނެރެފައިވަނީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށާއި ދެކުނުގެ އަތޮޅު ތަކަށެވެ.
އެ ވައިޓް އެލާޓްގައި ބުނެފައިވަނީ މިރޭ 03:00 އިން ފެށިގެން މާދަމާގެ ހެނދުނު 09:00 އާއި ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް