ހެލިކޮޕްޓަރެއް ވެއްޓި، ސައުދީގެ ރަސްދަރިކަލަކު އަވަހާރަ ވެއްޖެ

ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި އެ ގައުމުގެ ރަސްދަރިކަލަކު އަވަހާރަވެއްޖެ އެވެ. މިރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަވަހާރަވެފައިވަނީ އަމީރު، މަންސޫރު ...

05 Nov 2017 | 21:24

ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި އެ ގައުމުގެ ރަސްދަރިކަލަކު އަވަހާރަވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަވަހާރަވެފައިވަނީ އަމީރު، މަންސޫރު ބިން މުޤްރިން އެވެ. ސައުދީ ނޫސްތަކުގައިވާގޮތުގައި އެ ހެލިކޮޕްޓަރަކީ ސައުދީ އާސިރު ސަރަހައްދުގެ އޮފިޝަލުންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެކެވެ.

މި ހާދިސާގައި އަވަހާރަވި މަންސުރު ބިން މުޤްރިން މަނިއްޕުޅަކީ އާސިރު ސަރަހައްދުގެ ގޮރުނުދޯރުގެ ނައިބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް