އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރެ ވިއްކަން ފެށި، އެކްސް މަރުކާގެ 11 އައިފޯނާއެކު އިންޑިއާއަށް ދިޔަ މީހަކު އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހޮންކޮންގުން މުމްބައިއަށް ދިޔަ ތަނުންނެވެ. ހައްޔަރު ކޮށްފައިވަނީ ފޯނު ސްމަގަލް ކުރުމުގެ ތުހުމަތުގަ އެވެ.
އިންޑިއާގެ ފޯނު ވިއްކާ ބައެއް ފިހާރަތަކުން އައިފޯނު އެކްސް ހުސްވެފައިވާއިރު އަދި އިންޑިއާގައި މި ފޯނަށް ބޮޑު ޑިމާންޑެއް އޮތް އިރު ފޯނު ސްމަގަލް ކުރުމަށް ހޮންކޮންގް އަދި ދެކުނު އިރުމަތީ އޭސިއާގެ ގައުމުތަކަށް އިންޑިއާގެ ބައެއް މީހުން ދަތުރުކޮށް ފޯނު ސްމަގަލް ކުރާތީ ބައެއް އެއާޕޯޓްތަކުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަމަށް ނޫސް ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް