ހިތް ބަލި، އެޕަލް ފޭނުން މި ހަބަރު ނުކިޔާތި – މިއީ އާރޯ ތާޒާ އެކްސް އަކަށް މުގުރުން ހަމަލާދިނީމަ ވާގޮތް !

ޓެކްނޮލޮޖީގެ ދުނިޔޭގައި ގައިމުވެސް ފަތުއަޑު ކިޔާފައި މިހާރު ދެކެވޭ ވާހަކައަކީ އެޕަލް އިން އަލަށް ނެރެ ވިއްކަން ފެށި އައިފޯނު އެކްސްގެ ވާހަކަ އެވެ. މި ފޯނާއި ގުޅޭ އެތައް ބައިވަރު ތަފާތު ހަބަރެއް ހަމަ ކ...

05 Nov 2017 | 20:50

ޓެކްނޮލޮޖީގެ ދުނިޔޭގައި ގައިމުވެސް ފަތުއަޑު ކިޔާފައި މިހާރު ދެކެވޭ ވާހަކައަކީ އެޕަލް އިން އަލަށް ނެރެ ވިއްކަން ފެށި އައިފޯނު އެކްސްގެ ވާހަކަ އެވެ. މި ފޯނާއި ގުޅޭ އެތައް ބައިވަރު ތަފާތު ހަބަރެއް ހަމަ ކޮންމެ ދުވަހަކު ފެންމަތި މިވެސް ތަފާތު ހަބަރެކެވެ.

އެހެނަސް ހަބަރު ފެށުމުގެ ކުރިން ތިޔަ ފަރާތަކީ ހިތްބަލި، އެޕަލް ފޭނެއް ނަމަ މި ހަބަރުގައިވާ ވީޑިއޯ ނުބެލުމަށް އިލްތިމާސް ކުރަމެވެ. އަދި ހިތްބަލި، އެޕަލް ފޭސް މި އާޓިކަލްގެ ފޭސްބުކް ޕޯސްޓްގައި ޓެގްވެސް ނުކުރުން އެދެމެވެ.

----

ޓެކްނޮލޮޖީގެ ދުނިޔޭގައި ހާއްސަކޮށް ސްމާޓްފޯނު މާކެޓަށް އައު އުފެއްދުމެއް ނެރުނީމާ އެ އުފެއްދުމުގެ އެކި ޒާތްޒާތުގެ ޓެސްޓްތައް ހެދުމަކީ ޔޫޓިއުބަރުންގެ މެދުގައި އާއްމު ކަމެކެވެ. ޑްރޮޕް ޓެސްޓް، ޑިއުރެބިލިޓީ ޓެސްޓް، ހެމާ ޓެސްޓް، މިގޮތަށް ނަން ހުސްކޮށް ޓެސްޓްތައް ކުރެ އެވެ. މިއީ އެފަދަ ޓެސްޓެކެވެ.

މި ޓެސްޓް ކޮށްފައިވަނީ ޓެކް ރިވިއު ޔޫޓިއުބަރެއް ކަމުގައިވާ ޓެކްރެކްސް އިންނެވެ.

އާރޯ ތާޒާ އައިފޯނު އެކްސް އެއް ފޮށްޓުން ކަނޑާލުމަށްފަހު، ފޯނު ހުޅުވާލުމަށްފަހު ފޯނަށް ފުރަތަމަ ހަމަލާ ދެނީ ވަޅިއަކުންނެވެ. ވަޅީގެ ތުނޑު ލެނބެންދެން، ފޯނުގެ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ވަޅީގެ ހަމަލާތައް އަމާޒު ކުރެ އެވެ. ނަމަވެސް ފޯނުގައި އެއްވެސް ކޫރުމެއް ނުއެޅެ އެވެ.

ދެން ހަމަލާ ދެނީ އަތަށް ހެޔޮވަރު މުގުރަކުންނެވެ. ހައެއްކަ އިންޗި މަތިން ފޯނުގެ ޑިސްޕްލޭގެ މައްޗަށް އަތުބާރަށް ފޯނު ދޫކޮށްލަ އެވެ. ތިންވަނަ ފަހަރަށް ދޫކޮށްލި ތަނާހެން ފޯނުގެ ތިރިން ރެނދެއް އަޅަ އެވެ. ޑިސްޕްލޭގެ މެދަކާއި ހަމައަށް އެ ރެނދު ފާއްދާލައިފާ ވެއެވެ. ދެން ހަމަ އެ ތެޅީނުން ތަޅާ ފޯނުގެ ޒަމާން ދުއްވާލަ އެވެ.

ތިޔަ އިންތިޒާރު ކުރަމުން އަންނަ ވީޑިއޯ ތިރީގައި އެވަނީ އެވެ.

https://www.youtube.com/watch?v=3wNA-R8bFzk

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް