މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ނިޝާން އަސްކަރިއްޔާގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފިއެވެ. ދިވެހި...

05 Nov 2017 | 20:15

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ނިޝާން އަސްކަރިއްޔާގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފިއެވެ.

ދިވެހި އަސްކަރިއްޔާގެ ތައުލީމާޢި ތަމްރީނުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތް ފާހަގަކުރުމުގެ ގޮތުން، މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އަރުވާފައިވަނީ މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުން 2017 ގެ ރަސްމިއްޔާތުގައެވެ.

މި އޮނަރަރީ މާސްޓަރސް ޑިގްރީ މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ ޢަދަދެއްގެ ސިފައިނާއި ދަސްވެނިންގެ ޢާއިލާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް