ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ ނަން މަތީގައި އެއްވެސް ގޯއްޗެއްވެސް، ފްލެޓެއްވެސް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން ފައިސަލް މާލެ އިން ބިމެއް ބައްލަވައިގެން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ފައިސަލް ވިދާޅުވީ، ރައީސް ޔާމިން ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އަމިއްލަ ގޯއްޗެއް، ފްލެޓެއް، ގެއެއް އެއްވެސް ތަނަކު ނޯންނާނެ ކަމަށާއި، މާލޭގައި ވެސް ނެތް ކަމާއި، ރަށުގައި ވެސް ބައްޕަގެ ގޯތިކަމަށެވެ.
ފައިސަލް ވިދާޅުވީ، ރައީސް ޔާމިން އުޅުއްވަނީ ވަރަށް ބޮޑަށް ޒާތީ ވެގެން ކަމަށާއި، "ރޯބުހުތާނު ދޮގު" ވާހަކަތައް ހުއްޓާލައްވައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކެވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާކަމަށެވެ.
ރައީސް ޔާމިން ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ބެހޭގޮތުން ޒާތްޒާތުގެ ވާހަކަތައް ދަނީ ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް