ދެ ގައުމުގެ ގުޅުން އަލުން ރަނގަޅުވާތީ އުފާކުރަން: ރައީސް ނަޝީދު

އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުން އަލުން ރަނގަޅުވާތީ އުފާކުރައްވާކަމުގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައ...

06 Oct 2024 | 15:34

އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުން އަލުން ރަނގަޅުވާތީ އުފާކުރައްވާކަމުގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާއާއި ރާއްޖެއަކީ އުފެދުމުގައިވެސް ދެ އެކުވެރި ގައުމު ކަމަށެވެ. މިއުޒިކާއި ފިލްމުތަކާއި ކެއުން ބުއިމާއި ވައްޓަފާޅިއާއި ތާރީހަށް ބަލާލިޔަސް އެ މަންޒަރު ފެންނާނެ ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވެފައިވަނީ ކަންކަން އަލުން ރަނގަޅުވެ ހާރިޖީ ގުޅުމުގެ މައްސަލަ އަލުން ހައްލުވެގެންދިޔުމަކީ ވަރަށް އުފާކުރައްވާކަމެއް ކަމަށާއި އެކަމަށް ރައީސް މުއިއްޒުއަށާއި ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް