ހާލަތަށް ރިއާޔަތްކޮށް ބައްސާމް އަތުން ފްލެޓްތައް އަތުލުން ފަސްކޮށްލަން ފުލުހުން ނިންމައިފި

ޚިޔާނާތުގެ ތުހުމަތު ކުރެވޭތީ އަތުލަން ނިންމި ދެ ފްލެޓް އަތުލުން މި މަހުގެ ނިޔަލަށް ފަސްކޮށްދޭން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދުމުން އެ މުއްދަތު އެގޮތ...

06 Oct 2024 | 15:19

ޚިޔާނާތުގެ ތުހުމަތު ކުރެވޭތީ އަތުލަން ނިންމި ދެ ފްލެޓް އަތުލުން މި މަހުގެ ނިޔަލަށް ފަސްކޮށްދޭން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދުމުން އެ މުއްދަތު އެގޮތަށް ދޭން ފުލުހުން ނިންމައިފިއެވެ.

އެގޮތުން ފުލުހުން ބުނީ އެ ނިންމުން އެގޮތަށް ނިންމީ ހާލަތަށް ރިއާޔަތްކޮށްކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28ގައި ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

މިއަދު ފުލުހުން ބުނެފައިވަނީ އެޕާޓްމަންޓްތައް ހަވާލުކުރުން އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް