ހއ. ދިއްދޫގައި ވެމްކޯ ޚިދުމަތް ފެށުމަށް ކުރަން ފެށި މަސައްކަތް ދިގުލާ ދެމޭތީ އެރަށު ރައްޔިތުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދިއްދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށް މި ސަރުކާރުން ނިންމާ، އެކަމަށްޓަކަށް އޮފީހެއްވެސް ވަނީ ހުޅުވާފައެވެ.
އެހެން ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ފަށާފައި ނުވާތީ އެ ރަށު ގިނަ ރައްޔިތުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހއ އަތޮޅުގެ އަތޮޅު ވެރިކަން ކުރާ ދިއްދޫއަކީ ކޮންމެ ދުވަހަކުވެސް ގިނަ އެ އަތޮޅުގެ ގިނަ ބަޔަކު އެ ރަށަށް އެކި ޚިދުމަތް ހޯދުމުގެ ބޭނުމުގައި ދާ ރަށެކެވެ.
ކަން މިހެން އޮތްއިރު ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޒަމާނީ ތަރައްގީއެއް އެރަށަށް ބޭނުންވާކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
ވެމްކޯގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ދަނީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް