ބޭރުގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރެއް ރާއްޖެއަށް ކުރިމަތިވެފައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބީ.ބީ.ސީ. އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އައިއެމްއެފްގެ ޕްރޮގްރާމްއަކާއި ގުޅިވަޑައިގެންނެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، ރާއްޖޭން ގެންގުޅޭނީ ރާއްޖޭގެ އަމިއްލަ އެޖެންޑާ ކަމަށެވެ. އަދި ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ނުރައްކަލެއް ކުރިމަތިވެފައިނެތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގެ ދަރަނީގެ ކަންކަން މެނޭޖު ކުރުމަށް "ހޯމް ގްރޯން އެޖެންޑާ" އެއް އެބަ އޮތް ކަމަށާއި ރާއްޖޭން ސޮވަރިން ޑީޕޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
އަދި އާމްދަނީ އިތުރުކުރުމަށް އިގުތިސޯދީ ހަރަކާތްތައް ފެށުމާއި ފުޅާކުރުން ސަރުކާރުގެ ސިޔާސަތުތެރޭގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް