ދިވެހިިންގެ ރާއްޖެ ބިނާކުރުމަށްޓަކައި 10 ވަރަކަށް 15 ވަރަކަށް އަހަރު އެބަޖެހޭ އެއް ވެރިކަމެއް އޮންނަން: އަދުރޭ

ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބުނާކުރުމަށްޓަކައި އެއް ވެރިކަމެއް10 ވަރަކަށް15 ވަރަކަށް އަހަރު އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއް...

06 Oct 2024 | 10:11

ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބުނާކުރުމަށްޓަކައި އެއް ވެރިކަމެއް10 ވަރަކަށް15 ވަރަކަށް އަހަރު އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މެްންބަރުން އިތުރުކުރުމަށް ބޭއްވި ހަރަކާތެއް ފައްޓަވައިދެއްވުމަށްފަހު "އަސްލު ޓީވީ" އަށް ދެއްވެވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ، ޕީއެންސީގެ ސިޔާސަތަކީ ރައީސް ޑރ މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތްތަށް ބައްޓަންކޮށް ރައީސް ޑރ މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދެއްވުން ކަމަށްށެވެ.

އަދި ރާއްޖެ މިހާރު މި އޮތް ހާލަތުން އަރައިގަތުމަށް ދިވެހިންގެ ރާއްޖެ ދިވެހިން އެދޭ ފަދަ ގޮތަކަށް ބިނާ ކުރުމަށްޓަކައި އެއް ވެރިކަމެއް10 ވަރަކަށް15 ވަރަކަށް އަހަރު އޮންނަން ޖެހޭ ކަމަށް އަދުރޭ ވިދާޅިވިއެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ ޕީއެންސީގެ މެންބަރުން އިތުރު ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި75،000 މެންބަރުން ހަމަވެފައިވާ އެންމެ ބޮޑު އެއް ޕާޓީ ކަމަށް ޕީއެެންސީ ވެގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް