ޚިޔާނާތުގެ ތުހުމަތު ކުރެވޭތީ އަތުލަން ނިންމި ދެ ފްލެޓް އަތުލުން މި މަހުގެ ނިޔަލަށް ފަސްކޮށްދޭން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28ގައި ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެޕާޓްމަންޓްތައް ހަވާލުކުރުން އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށެވެ. އަދި އެ ސިޓީއަށް ޖަވާބުދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް