އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ބޮން އަޅައި 21 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ބޮން އަޅައި 21 މީހަކު ޝަހީދުކޮށްލައިފިއެވެ. ބޮން އަޅާފައިވަނީ ދެއިރް އަލް ބަލާހްގައި ހުންނަ މިސްކިތަކަށެވެ. "ޝަހާދާ އަލް އަޤްޟާ" މިސްކިތަށް އަމާޒުކޮށް ބޮން އެޅުމަށްފ...

06 Oct 2024 | 03:51

އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ބޮން އަޅައި 21 މީހަކު ޝަހީދުކޮށްލައިފިއެވެ.

ބޮން އަޅާފައިވަނީ ދެއިރް އަލް ބަލާހްގައި ހުންނަ މިސްކިތަކަށެވެ.

"ޝަހާދާ އަލް އަޤްޟާ" މިސްކިތަށް އަމާޒުކޮށް ބޮން އެޅުމަށްފަހު އިސްރާއީލުން ބުނެފައިވަނީ އެ މިސްކިތް ބޭނުންކުރަމުންދިޔައީ ހަމާސްގެ ކޮމާންޑު ސެންޓަރެއްގެ ގޮތުގައި ކަމަށެވެ.

އެ މިސްކިތަކީ ޣައްޒާގައި ވިއްސިވިހާލިވެފައިވާ އާއިލާތަކަކުން ބޯހިޔާވަހިކަމުގެ ގޮތުގައިވެސް ބޭނުންކުރަމުންދިޔަ މިސްކިތެކެވެ. އިސްރާއީލުން ބުނެފައިވަނީ ހަމަލާ ދިނުމުގެ ކުރިން އާންމުންގެ ރައްކާތެރިކަމަށްވެސް ބެލި ކަމަށެވެ.

އެ މިސްކިތް ބޭނުންކުރަމުންދިޔައީ ހަމާސްގެ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ކަމަށް އިސްރާއީލުން ބުނިނަމަވެސް އެކަމުގެ ހެއްކެއް ދައްކާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް