ބޯކޮށް ވާރޭވެހުމާއެކު ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މެޓުން ނެރުނު ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:45 އިން މެންދުރު 01:45 އާއި ދެމެދުގެ ވަގުތަށެވެ.
މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް