މިއީ ހަމާސް އިން އިސްރާއީލުގެ އަސީރުން މިނިވަންކުރަންވީ ވަގުތު: އދ. ގެ ޗީފް

މިއީ ޝަރުތަކާނުލާ ހަމާސް އިން އިސްރާއީލުގެ އަސީރުން މިނިވަންކުރަންވީ ވަގުތު ކަމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭޒް ވިދާޅުވެއްޖެއެވެ. ގަޓަރޭޒް މިހެން ވިދާޅުވެފައިވަނީ އޮކްޓޯބަރު ހަތަކު...

06 Oct 2024 | 02:58

މިއީ ޝަރުތަކާނުލާ ހަމާސް އިން އިސްރާއީލުގެ އަސީރުން މިނިވަންކުރަންވީ ވަގުތު ކަމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭޒް ވިދާޅުވެއްޖެއެވެ.

ގަޓަރޭޒް މިހެން ވިދާޅުވެފައިވަނީ އޮކްޓޯބަރު ހަތަކުން ފެށުނު ހަނގުރާމައަށް އަހަރެއް ފުރޭތީ އެކަމާއި ގުޅޭގޮތުން އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެ ވީޑިއޯ މެސެޖުގައި މައިގަނޑުގޮތެއްގައި ވާހަކަތައް އަމާޒުކޮށްފައިހުރީ ހަމާސް ކުށްވެރިކުރާފަދަ ގޮތަކަށެވެ. އިސްރާއީލުން ޣައްޒާ އަދި ލުބުނާނަން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ވާހަކައަށް އަލިއަޅުއްވާލައްވާފައެއް ނުވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިއީ އަސީރުން ދޫކޮށްލާ، ބަޑީގެ އަޑު މަޑުކޮށް މެދުއިރުމައްޗަށް އަމާންކަން ގެނެސް އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާފަށް ޖާގަދޭންވީ ވަގުތު ކަމަށެވެ.

އދ. ގެ ޗީފްގެ ބަސްމަގު ހަމައެކަނި އިސްރާއީލަށް ފަހިވާފަދަ ގޮތަކަށް ބަދަލުވެ މިއަދު ވީޑިއޯ ސްޓޭޓްމަންޓެއް ނެރެފައިމިވަނީ އޭނާ އިސްރާއީލަށް އެރުން އެ ޤައުމުން މަނާކުރި ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް