ޕާކިސްތާނުން އަފްޣާނިސްތާނަށް 212 ބާވަތެއް އެކްސްޕޯޓް ކުރުން މަނާކޮށްފި

ޕާކިސްތާނުގެ ކޮމާސް މިނިސްޓްރީން އަފްޣާނިސްތާނަށް 212 ބާވަތެއް އެކްސްޕޯޓް ކުރުން މަނާކޮށްފި އެވެ. އެގައުމުން ވަނީ 17 ވައްތަރެއްގެ ފޭރާމާއި، ހުރިހާ ބާވަތެއްގެ ވެހިކަލް ޓަޔަރާއި، ސައިފަތާއި، ކޮސްމެޓިކްސ...

06 Oct 2023 | 17:30

ޕާކިސްތާނުގެ ކޮމާސް މިނިސްޓްރީން އަފްޣާނިސްތާނަށް 212 ބާވަތެއް އެކްސްޕޯޓް ކުރުން މަނާކޮށްފި އެވެ.

އެގައުމުން ވަނީ 17 ވައްތަރެއްގެ ފޭރާމާއި، ހުރިހާ ބާވަތެއްގެ ވެހިކަލް ޓަޔަރާއި، ސައިފަތާއި، ކޮސްމެޓިކްސް އަދި އެތައް ބާވަތެއްގެ ޓޮއިލެޓްރީޒް އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ.

މީގެ އިތުރުން ނަޓްސް، ހިކި އަދި ތާޒާ މޭވާ، ފްރިޖް، ފްރިޖް، އެއާކޮންޑިޝަނަރ، ޖޫސަރު އަދި މިކްސަރ ބްލެންޑަރ ފަދަ ގޭތެރޭގެ ސާމާނު ވެސް އަފްޣާނިސްތާނަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.

ކަސްޓަމްސް ޑިޕާޓްމަންޓުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކަސްޓަމްސް ގާނޫނު، 1969 ގެ 18 ވަނަ މާއްދާގެ (ޑީ) އިން ލިބިދީފައިވާ ބާރުތަކުގެ ބޭނުން ހިފައި، ޕާކިސްތާން މަގުން ޓްރާންސިޓްގައި އަފްޣާނިސްތާނަށް އެތެރެކުރާ އަފްޣާނިސްތާނު ޓްރާންސިޓް ކޮމާޝަލް މުދަލުން ދިހަ ޕަސެންޓް އެޑް ވެލޮރެމްގެ ރޭޓުން ޕްރޮސެސިން ފީ ނެގުމަކީ ފެޑެރަލް ސަރުކާރުން އުފާކުރާ ކަމެއް ކަމަށެވެ.

އޭގެ ތެރޭގައި ކޮންފެކްޝަނަރީ، ޗޮކްލެޓް، ބޫޓު، އެކި މެޝިނަރީ، ބްލެންކެޓް، ހޯމް ޓެކްސްޓައިލް އަދި ގާމެންޓް ހިމެނެ އެވެ.

މި ފިޔަވަޅަކީ އަފްޣާނިސްތާނުގެ ޓްރާންސިޓް ވިޔަފާރީގެ ސަބަބުން އަހަރަކު 180 ބިލިއަން ރުޕީސް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ދައުލަތުގެ ހަޒާނާއަށް ލިބޭ މާލީ ގެއްލުން ތައް ހުއްޓުވުމަށާއި، ވިޔަފާރީގެ މަގުން ލަގްޒަރީ ތަކެތި އެތެރެކުރުން ހުއްޓުވުމުގެ މަގްސަދުގައި އެޅި ފިޔަވަޅެކެވެ.

ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަންސް ކައުންސިލް (އެސްއައިއެފްސީ) ގެ އެޕެކްސް ކޮމިޓީގެ ލަފަޔާ އެކު އަފްޣާނިސްތާނުގެ ޓްރާންސިޓް ޓްރޭޑް މެދުވެރިކޮށް ލަގްޒަރީ ތަކެތި އެތެރެކުރުން ހުއްޓާލަން ޕާކިސްތާން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ލިޔުންތަކުގައިވާ ގޮތުން ޓަޔަރާއި ފެބްރިކް، ކޮސްމެޓިކްސް، ޓައިލްސް އަދި އެހެނިހެން ސާމާނު ފަދަ ލަގްޒަރީ ގިނަ ބާވަތްތައް ކަމާ ބެހޭ އިދާރާތަކުން ކްލިއަރެންސް ލިބެންދެން އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް