ޗެޓްޖީޕީޓީ އުފެއްދި ކުންފުނި އޯޕަންއޭއައި އިން ވަރަށް އަވަހަށް އެމީހުންގެ އަމިއްލަ އޭއައި ޗިޕްތަކެއް އުފައްދަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޯޕަންއޭއައި އިން އަމިއްލަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތަކެއް އުފެއްދުމަށް ވިސްނަމުން އެބަ ދެއެވެ. އަދި މިކަމަށް ވިސަނަމުން ދާއިރު، އެ ކުންފުނިން ބަރޯސާވާ އަގުބޮޑު އޭއައި ޗިޕްތަކުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކުއިޒިޝަން ޓާގެޓްތަކެއް ވެސް ވަނީ ހޯދާފަ އެވެ.
އަދި އެންމެ ފަހުގެ ނިންމުމެއް ނިންމާފައި ނުވި ނަމަވެސް، ކުންފުނީގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި ކަސްޓަމް އޭއައި ޗިޕްސް ހެދުމާއި، އެންވީޑިއާ ފަދަ ޗިޕް އުފައްދާ ކުންފުނިތަކާ އިތުރަށް ގާތުން ގުޅިގެން މަސައްކަތް ކުރުމާއި، އެންވީޑިއާ އިން ބޭރުން ޗިޕް ސަޕްލަޔަރުން ޑައިވާސިފައި ކުރުން ފަދަ ގޮތްތައް ހިމަނާފައިވެ އެވެ.
އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވަނީ އެޑްވާންސް ޕްރޮސެސަރުންގެ ދަތިކަމާއި ބޭނުންވާ ހާޑްވެއާ ހިންގުމާ ގުޅިފައިވާ ހަރަދުބޮޑުވުމުގެ ސަބަބުން އިތުރު އޭއައި ޗިޕްތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިހާރު ވެސް އޯޕަންއޭއައި އިން މައިކްރޮސޮފްޓްގެ ސުޕަކޮމްޕިއުޓަރު ބޭނުންކުރަނީ 10،000 އެންވީޑިއާ ޖީޕީޔޫ އާއެކު ޗެޓްޖީޕީޓީ ފަދަ އޭއައި ޓެކްނޮލޮޖީތަކަށް ބާރު ދިނުމަށެވެ.
އެނަލިސްޓުން ބުނާ ގޮތުގައި ޗެޓްޖީޕީޓީ ހިންގުމަށް ކޮންމެ ސުވާލަކަށް ގާތްގަނޑަކަށް ހަތަރު ސެންޓު ޚަރަދުވާނެ އެވެ.
އަމިއްލަ އޭއައި ޗިޕްތަކެއް އުފެއްދުމަށް ކުރާ މަސައްކަތުން އޯޕަންއޭއައި އަކީ އަލްފަބެޓްގެ ގޫގުލް އާއި Amazon.com ފަދަ ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރެއިން އެ މީހުންގެ ވިޔަފާރިތަކަށް ބޭނުންވާ ޗިޕްތައް ޑިޒައިން ކުރުމުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާ ކުޑަ ގްރޫޕެއްގެ ތެރޭގައި ހިމެނިގެންދާނެ އެވެ.
މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ބޮޑު ސްޓްރެޓެޖިކް އިނީޝިއޭޓިވްއަކަށް ވާނެ ކަމަށާއި އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ޚަރަދު ބޮޑުވާނެ ބޮޑު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް