އިންތިގާލީ ކޮމިޓީތައް އެކުލަވާލެވޭނީ ގާބިލު އަންހެނުން ހިމެނޭގޮތަށް: ހީނާ ވަލީދު

އިންތިގާލީ ކޮމިޓީތައް އެކުލަވާލެވޭނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލު އަންހެނުން ހިމެނޭގޮތަށް ކަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖ...

06 Oct 2023 | 10:54

އިންތިގާލީ ކޮމިޓީތައް އެކުލަވާލެވޭނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލު އަންހެނުން ހިމެނޭގޮތަށް ކަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

(ޕީޕީއެމް)ގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވެފައިމިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް (އަދުރޭ) އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އަންހެނަކު ބައިވެރިވެފައިނުވާތީ އެކަމާއިގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ހީނާ ވިދާޅުވެފައިވަނީ އެ ފޮޓޯއަކީ ޑީޖީޓީ އެޕޮއިންޓް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯއެއްކަމުގައިވާއިރު އެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ޕާޓީގެ ލީޑަރުން ކަމަށެވެ.

"އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ދެވަނައަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް" ހީނާ ވިދާޅުވެފައިވެއެވެ.

އިންތިގާލީ މަރުހަލާ ފެށި އިންތިގާލީ މަރުހަލާގެ ޑީޖީޓީ އަދި ޑީޖީޓީގެ ތަރުޖަމާނު އިއުލާނުކޮށް ޑީޖީޓީގެ އޮފީސް ގާއިމްކޮށްފައިވާއިރު މިހާރު ކުރިއަށްދަނީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތައްކަން އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް