ލަންކާގައި ބަހެއްގެ މައްޗަށް ގަހެއް ވެއްޓި ފަސް މީހަކު މަރުވެއްޖެ

ސްރީ ލަންކާގައި މިއަދު ހެނދުނު ބަހެއްގެ މައްޗަށް ގަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ލަންކާގެ ކޮއްލުޕުޓިޔ...

06 Oct 2023 | 09:48

ސްރީ ލަންކާގައި މިއަދު ހެނދުނު ބަހެއްގެ މައްޗަށް ގަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ލަންކާގެ ކޮއްލުޕުޓިޔާ ނެއިބަރހުޑްގައި މި ހާދިސާ ހިނގީ އާންމުން އުފުލާ ބަހެއް އެ ގަސް ދަށުގައި ޕަސިންޖަރުން އެރުވުމަށް ބަސް މަޑުކޮށްލާފައިވަނިކޮށެވެ.

މި ހާދިސާ ހިނގުމާއެކު ސަލާމަތީ ހިދުމަތްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. މިހާތަނަށް އެނގިފައިވާގޮތުގައި ފަސް މީހަކު މަރުވެފައިވާއިރު ހަތް މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް