އުއްމަތުގެ ބާޖަވެރިކަަމަށް އަދި އުއްމަތުގެ ހެވާއި ލާބައަށްޓަކައި، ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތްޕުޅަކީ، ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަގުނަ ކަންތައްތަކެކަން ހާމަކޮށްދެމުން މިއަދުގެ ޚުޠުބާ “ކީރިތި ރަސޫލާ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު" ހާއްސަ ކޮށްފިއެވެ.
މި މައްސަރަކީ، ބަރަކާތުން ފުރެިގެންވާ މައްސަރެެއް ކަަމަށާއި މި މައްސަރަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ކީރިތި ﷲ ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑާއިގަތް މައްސަރު ކަމަށް ޚުޠުބާ އިން ބުނެއެވެ.
އަދި ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވުމަށް ފޮނުއްވުނި މާތް ސާހިބާ މުހައްމަދުގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު މި ދުނިޔެއަށް ލިބުނު މައްސަރުކަންވެސް މެއެވެ.
އިއްސާނިއްޔަތު، އޭގެ ތާރީޚުގައި އެހައި ދަށު ދަރަޖައަކަށް ގޮސްފައިވާ ދުވަސްވަރެއް ނާންނަކަން އޮޅުމެއް ނެތް ގޮތުގައި އެނގޭނެ ކަމަށް ޚުޠުބާ އިން ބުނެއެވެ. އަދި އެދުވަސްވަރު މީސްތަކުނެ ތިބީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލިފައި ކަމަށްވެސް ޚުޠުބާ އިން ފާހަގަކުރައްވައެވެ. ނޭނގުމުގެ އަނދިރި ކަމުގެ ތެރެއަށް ވަގެ މަގު އޮޅި، ވާވަދެފައިވާ ކަމެވެ. އަނިޔާވެރިކަމާއި، ތަޅާފޮޅުމާއި، އަރާރުންވުމާއި، ފިތުނަ ފަސާދަ ޢާއްމު ވެފައިވަނީ، ޙައިރާންވުން އެކަށީގެންވާ ދަރަޖައަކަށް ކަމަށާއި ކުރީގެ ރަސޫލުންނައި، ނަބިއްޔުންނާއި، މުޞްލިޙުން ދެއްވި ތަޢުލީމާއި، އިރުޝާދު، ދެއްކެވި ތެދު މަގާއި ހިދާޔަތުގެ އަސަރުވެސް ފެންނާކަން ނެތެވެ ތައުޙީދުގެ ސާފު ސީދާ ޢަޤީދާއަކީ ކޮން އެއްތެއްކަން ދަންނަ މީހަކު ނެތިކަމަށް ޚުޠުބާ އިން ބުނެއެވެ.
ފޮތުގެ އަހުލުވެރީންގެ ގޮތުގައި އެދުވަސްވަރު ތިބިބަޔަކީ ޔަހުދީންނާއި، ނަޞާރާއިން ކަން ޚުޠުބާ އިން ފާހަގަކުރައްވައެވެ. އަދި އެބައިމީހުންގެ ޙާލު ހުރީ އެނޫން މީހުންނާ ވަކީ ތަފާތު ގޮތަކަށް ނޫންކަމަށާއި ދެބައިމީހުންކުރެ ކޮންމެ ބަޔަކު އަނެއް ބަޔަކު ކުށްވެރިކުރާ ކަމަށް ޚުޠުބާ އިން ހާމަކުރައްވައެވެ.
މިފަދަ ނިކަމެތި ޚާލަތަކަށް ދުނިޔެ ވެއްޓިފައި ވަނިކޮށް، ކީރިތި ﷲ ގެ ރަޙްމަތްފުޅުން އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށް، ދުނިޔެ އިޞްލާޙު ކުރެއްވުމަށް، ފޮނުއްވީ ޤުރައިޝު ވަންހައިގެ ފަޙުރެއް ކަމުގައިވާ މާތް ސާހިބާ މުހައްމަދުގެފާނު ކަމަށް ޚުޠުބާ އިން ބުނެއެވެ.
މިއުފާވެރި ޙާދިޘާ ހިނގީމ މި މަހުގައި ކަމާއި ޙިޖާޒް ކަރައިގެ މައްކާގެ ބިމުގައި ކަން ޚުޠުބާ އިން ފާހަގަކުރައްވައެވެ. އެއީ"ޢާމުލްފީލް" އޭ ކިޔުނު އަހަރުގެ ރަބީޢުލް އައްވަލު މަހެވެ. މީލާދީ ތާރީޙުން ބަލާއިރު އެދުވަސްވރާ ދިމާވަނީ މީލާދީން ފަސް ސަތޭކަ ހަތްދިހަ އެއްވަނަ އަހަރުގެ އެޕްރީލް މަހާއެވެ.
ޚުޠުބާ އިން ބުނެފައިވާ ގޮތުގައި ސީރަތުގެ ޢިލްމުވެރިން ބުރަވެލައްވަނީ ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އެއަހަރުގެ ރަބީޢުލް އައްވަލު މަހުގެ ބާރަ ވީ ހޯމަވިލޭރޭޣެ ފަޖުރުލުމާ ވަރަށް ގާތްވެފައި ވަނިކޮށް ކަމުގައެވެ.
މުހައްމަދުގެފާނު މިދުނިޔެއަށް އުފަންވެ ވަޑައިގަތީ، ޔަތީމު ޙާލުކޮޅުގައި ކަމާއި އެކަލޭގެފާނު އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން، އެކަލޭގެފާނަށް ތަރުބިޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ ޢިނާޔަތްތެރި ކަމުގެ ދަށުގައިކަން ޚުޠުބާ އިން ބުނެފައިވެއެވެ.
އަދި ދުނިޔެއަށް ހިދާޔަތުގެ އަލިގަދަ ނޫރު ފެތުރުއްވުމާއި، ދުނިޔެ އިޞްލާޙު ކުރެއްވުމުގެ މަސްއޫލިއްޔަތު އުފެއްލެވުމަށް ބޭނުންފުޅުވާނޭ ހުރިހާ ތަމްރީނެއް ލިބި ވަޑައިގަންނަވާނޭ ގޮތުގެ މަތީން ކަމަށްވެސް ޚުޠުބާ އިން ބުނެއެެވެ.
ރިވެތި އަޚްލާޤާއި، މަކާރިމުގެ މާތް ސިފަތައް އެކަލޭގެފާނަށް ލިބި ވަޑާއިގެންފައިވަނީ އޭގެ މަތިވެރި މިސާލެއްގެ ގޮތުގައި، އަދި އަޙްލާޤުގެ މަތުވެރިކަމާއި ފުރިހަމަ ކަމަށްޓަކައި ޤައުމުގެ މެދުގައި އެކަލޭގެފާނު ހިމެނިފައިވަނީ، އެންމެ ލޮބުވެތި ޝަޚްޞިއްޔަތުގެ ގޮތުގައި ކަމަށް އިން ހާމަކުރައްވާފައިވެއެވެ.
ވަފާތެރިކަމާއި، އަމާނާތްތެރިކަމުގެ ވާހަކަ މުޅި ޙިޖާރުގައި ފެތުރުމަށްފަހު، "މުޙައްމަދުލްއަމީން" ގެ ލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގަތް ކަން ޚުޠުބާ އިން ބުނެއެވެ.
އުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމަ ވުމަށްފަހު، އިންސާނިއްޔަތަށް މަގުު ދައްކަވައި، ދުނިޔެ އިޞްލާޙު ކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅުނުކަމަށާއި ސަމާވީ ރިސާލަތާއިގެން މީށްތަކުންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވުނުކަމަށް ޚުޠުބާ އިން ބުނެއެވެ.
ކީރިތި ރަސޫލާގެފާނުގެ ކޮނޑުފުޅުގައި އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތާއިގެން ތެދުވެ ވަޑައިގެން، ދީނަށް ގޮވައިލައްވަން ފައްޓަވައިފި ކަމަށް ޚުޠުބާ އިން ބުންޏެވެ.
މުޖުތަމަޢުގައި ހަރުލާފައި ހުރި ނުބައި އާދަތައް ރަނގަޅު އާދަތަކަށް ބަދަލު ކުޅައުމަށް ގޮވައިލައްވައިފި ކަމަށްވެސް ޚުޠުބާ އިން ބުނެއެވެ.
ކީރިތި ރަސޫލާގެފާނުގެ ރިސާލަތުގެ ކުރީ ކޮޅުގައި، އެކަލޭގެފާނަށް ތަބަޢަވީ މީސް ކޮޅާއިގެން އަޅުކަން ކުރައްވައި އުޅުއްވީ، ސިއްރިޔާއުގައިކަން ޚުޠުބާ އިން ބުނެއެވެ.
މިގޮތަށް ދުވަސްކޮޅެއް ވޭތުވޭ ދިއުމަށްފަހު، ފާޅުގައި ދީނަށް ގޮވައިލެއްވުމުގެ އަމުރުފުޅު އަތުވިކަމަށް ޚުޠުބާ އިން ބުނެއެވެ. އަަދި އެއަށްފަހު މުޝްރުކިންގެ ދުއްތުރާތަކާއި، އަނިޔާތައް ދިޔައީ އިތުރު ވަމުން ކަމަށާއި އޭގެ ކުރިން އެބައިމީހުންގެ ކައިރީގައި އެންމެ ލޮބުވެތި ޝަޚްސެއް ކަމުގައިވާ މާތް ރަސޫލާގެފާނަކީ އެބައިމީހުންގެ ދުޝްމަނެއް ކަމުގައި ބަލަން ފެށި ކަމަށް ޚުޠުބާ އިން ބުނެއެވެ.
ނަތީޖާެއްގެ ގޮތުން އެބައިމީހުންގެ އެކަލޭގެފާނަށް ނުކުރާ އުނދަގުލެއް ނެތްކަމަށާއި ޚުދު އެކަލޭގެފާނުގެ ފުރާނަފުޅަށް ނުރައްކަައުވާ ދަރަޖައަށް އެބައިމީހުންގެ އަނިޔާވެރިކަން ދިޔަ ކަމަށް ޚުޠުބާ އިން ބުނެއެވެ.
މުޝްރިކުންގެ އުނދަގޫތައް މިފަދަ ދަރަޖައަކަށް ލިބިވަޑައިގަންނަވަމުން ދިޔަކަމުގައި ވިޔަސް، ކީރިތި ރަސޫލާގެފާނު ކުރައްވަން ފެއްޓެވި މަސައްކަތްޕުޅަށް ހުއްޓުމެއް އެރިއަކަ ނުދެއްވާ ކަން ޚުޠުބާ އިން ބުނެފައިވެއެވެ.
އެކަލޭގެފާނުގެ ފުރާނަފުޅަށް ނުރައްކާވާ ދަރަޖައަށް އެބައިމީހުންގެ އުނދަގޫތަކާއި، އަނިޔާތައް ދިއުމުން، މާތް ﷲ ގެ އަމުރުފުޅާއެކު މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި ކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ.
އެވެއެތާނގައި ދީން ފެތުރުއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވައި އެތާނގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ކަމަށް ޚުޠުބާ އިން ފާހަގަކުރައްވައެވެ.
ގިނަދުވަސްތަކެއްނުވެ އެދައުލަތަކީ އާރާއި ބާރު، ޝާނާއި ޝައުކަތު ލިބިގެންވާ ދައުލަތަކަށް ވެ، އިތުރު އެކަލޭގެފާނަށް ތަބަޢަވާ މުސްލިމުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުން ކަން ޚުޠުބާ އިން ބުނެފައިވެއެވެ.
މިީގެ އިތުރަށް، ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސައްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ، މާތް ރަސޫލާގެ ކޮނޑުފުޅުގައި އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައި ކަމަށާއި އެކަލޭގެފާނުގެ ރިސާލަތު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވައި އެކަލޭގެފާނުގެ ރިސާލަތު ފުރިހަމައަށް އަދާކުރައްވާފައި ކަމަށް އަދި ދުނިޔެ، އެހެން ދުނިޔެއަކަށް ބަދަލު ކުރައްވާފައި ކަމަށް ޚުޠުބާ އިން ހާމަކުރައްވާފައިވެއެވެ.
އުއްމަތުގެ ބާޖަވެރިކަަމަށްޓަކައި، އުއްމަތުގެ ހެވާއި ލާބައަށްޓަކައި، ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތްޕުޅަކީ، ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަގުނަ ކަންތައްތަކެއް ކަމަށް ޚުޠުބާ އިން ބުނެއެވެ. އަދި އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝުކުރެއްމެއެވެ.
ހަމައެފަދައިން އެޝުކުރު އަދާކުރުމުގެ ގޮތުން އަހަރެމެން ކުރަންވީ ކަމަކީ އެކަލޭގެފާނު ގެނެސްގެއްވި ހިދާޔަތާއި ޝަރީޢަތަށް ފުރިހަމަ ގޮތުގައ ބޯލަނބައި، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީޢަތަށް ފުރިހަަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބަޢަ ވުން ކަން ޚުޠުބާ އިން ހާމަކުރައްވައެވެ.
މުސްލިމުންގެ ހިތްތައް ދިރިގެންވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި، އެކަލޭގެފާނަށް އިޙްތިރާމް ކުރުމުގައި ކަން ޚުޠުބާ އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް