ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކުޑަކުދިން ބަލަހައްޓާ ސެންޓަރަކަށް ހަމަލާދީ 30 އަށްވުރެ ގިނަ މީހުން މަރާލައިފި އެވެ.
މި ހަމަލާ ދިނީ ކުރިން ތައިލެންޑު ފުލުހުންގެ ތެރޭގައި އުޅުނު 34 އަހަރުގެ މީހެކެވެ. އެމީހާ އަކީ ޑްރަގްގެ ވިޔަފާރިއަކާއި ގުޅިގެން ތަހުގީގު ކުރި މައްސަލައެއްގައި މިދިޔަ ޖޫން މަހު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބަޑިން ހަމަލާދީ އޭނާވަނީ އެތަނުގައި ބަލަހައްޓަމުން ދިޔަ 30 އަށްވުރެ ގިނަ ކުދިންނާއި އެކުދިން ލަހައްޓާ ދެތިން މީހަކު މަރާލާފައި އެވެ. އަދި އެ ހަމަލާދިން މީހާ އަމިއްލަ ގަޔަށާއި އާއި އޭނާގެ އަންހެނުންނާއި ހަތަރު އަހަރުގެ ދޮން ދަރިފުޅުގަޔަށްވެސް ބަޑިޖަހާ މަރާލާފައިވެ އެވެ.
މި ހާދިސާގައި ޖުމްލަ 38 މީހުން މަރުވެފައިވެ އެވެ.
އޭނާއަށް އެހާ ގިނަ ކުދިން މަރާލެވުނީ އެ ކުދިން ނިދާފައި ތިބުމުންނެވެ. މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި އެމީހާ އެތަނަށް ވަނީ އޭނާގެ އުމުރުންދެ އަހަރުގެ ދަރިފުޅު އެތަނުގައި ގެންގުޅޭތީ އެކުއްޖާ ބަލައެވެ. އެހެން ކުދިން ގަޔަށް ބަޑި ޖަހަން ފެށީ ދަރިފުޅު ނުފެނުމުން ކަމަށް ބެންކޮކް ފުލުހުންނާއި ހަވާލީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އެ ސެންޓަރު ހުންނަނީ ބެންކޮކްގެ އުތުރުގެ ސަރަހައްދެއްގައި އޮންނަ ވަރަށް އަމާން އަވަށެއްގައި އެވެ.
ދިރާސާތައް ދައްކާގޮތުން ސައުތް އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާންމުންނަށް ބާޑި ގެންގުޅުމުގެ ހުއްދަ އެންމެ ގިނައިން ދީފައިވާ ގައުމަކީ ތައިލެންޑެވެ. އެ ގައުމުގެ 10.3 މިލިއަން އާންމުން އަތުގައި ބަޑިގެއްގުޅުމުގެ ހުއްދަ އޮންނަ އިރު ކޮންމެ 100 މީހެއްގެ އަތުގައި 15 ބަޑި އޮވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް