ރައީސްގެ ބަހްރެއިން ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ...

06 Oct 2022 | 11:40

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އެއްބަސްވުންތަކަކީ ކުޅިވަރާއި ހާރިޖީ ގުޅުންތަކާއި ބެހޭ އެއްބަސްވުންތަކެއް ކަމަށެވެ.

އެ އެބަސްވުން ތަކުގެ ތެރޭގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުން ހިމެނެ އެވެެ. ފޮރިން ސާވިސް އިންސްޓިޓިއުޓް މޯލްޑިވްސް އާއި ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކަޑަމީ ފޯ ޑިޕްލޮމެޓިކް ސްޓަޑީޒްއާ ދެމެދު ސޮއިކުރާ އެއްބަސްވުން ހިމެނެ އެވެެ.

އިތުރަށް ސޮއި ކުރަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވޭ އެއްބަސްވުމުގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ އެއްބަސްވުމެކެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން ހާރިޖީ ދާއިރާގެ ތިން އެއްބަސްވުމުގައި ސޮއިކުރައްވާނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ކުޅިވަރުގެ އެއްބަސްވުމުގައި ސޮއިކުރައްވާނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް