ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އަޅަން ސިއެރާ ސްޓާއާއި ހަވާލުކޮށްފި

ގދ، ތިނަދޫގައި200 ހައުސިން ޔުނިޓު އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލު ކުރީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އަށެވެ. މިއީ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން ގުޅިގެން އުފައްދ...

06 Oct 2022 | 09:42

ގދ، ތިނަދޫގައި200 ހައުސިން ޔުނިޓު އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކުރީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އަށެވެ. މިއީ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. ސިއެރާގެ ފަރާތުން ސޮއި ކުރެއްވީ އެމްއެޗްޕީ ޕްރަސާދު އެރަތުނާ އެވެ.

މި މަޝްރޫއުއަކީ މިއަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. މަޝްރޫއުގެ އަގަކީ 253.99 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަން ޖެހެނީ ޑިޒައިނާ ބިލްޑް އުސޫލުންނެވެ. މަސައްކަތް ނިންމަން ޖެހެނީ540 ދުވަހުގެ ތެރޭގައި އެވެ.

ތިނަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ތިނަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް