އައްޑޫ ގަމުގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ގަމުގައި ކަރަންޓީން ފެސިލިޓީއެއް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަމުގައި ހަދަން ބޭނުންވަނީ ބޭރު ގައުމުތަކުން ރާއް...

06 Oct 2022 | 09:25

އައްޑޫ ސިޓީ ގަމުގައި ކަރަންޓީން ފެސިލިޓީއެއް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަމުގައި ހަދަން ބޭނުންވަނީ ބޭރު ގައުމުތަކުން ރާއްޖެއަށް ގެންނަ ގަސްގަހާގެއްސާއި ދިރޭތަކެތި ބެހެއްޓުމަށެވެ. މި މަސައްކަތް ކޯށްދޭން ޖެހެނީ ޑިޒައިން ބިލްޑް އުސޫލުންނެވެ.

އެ މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރާއި ތިން މަސް ތެރޭގައި އެވެ އެ ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް300 ރުފިޔާގެ ނޮން ރިފަންޑަބަލް ފިއެއް ދައްކަން ޖެހޭނެ ކަމަށެވެ.

އެ މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 33,814.2 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 90 ދުވަހެވެ.

ކަރަންޓީން ފެސިލިޓީއެއް ނުހުންނާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ގަސްގަހާގެއްސާއި ދިރޭތަކެތި މިހާރު އެތެރެއެއް ނުކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް