ޝަކީރާ އަދި ޖެނިފާ އާއި އެކު މިފަހަރުގެ ވޯލްޑްކަޕްގައި ނޯރާގެ ހުށަހެޅުމެއް!

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ކަމަށްވާ ޖެނިފާ ލޮޕޭޒް އާއި ޝަކީރާ އާއި އެކު މިއަހަރުގެ ވޯލްޑް ކަޕްގައި އިންޑިއާގެ ތަރި ނޯރާ ފަތޭހީގެ ހުށަހެޅުމެއް ފެނިގެންދާނެކަން އިއުލާނު ކޮށްފި އެވެ. މިކަން އިއ...

06 Oct 2022 | 07:59

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ކަމަށްވާ ޖެނިފާ ލޮޕޭޒް އާއި ޝަކީރާ އާއި އެކު މިއަހަރުގެ ވޯލްޑް ކަޕްގައި އިންޑިއާގެ ތަރި ނޯރާ ފަތޭހީގެ ހުށަހެޅުމެއް ފެނިގެންދާނެކަން އިއުލާނު ކޮށްފި އެވެ.

މިކަން އިއުލާނު ކުރީ ނޯރާގެ އިންސްޓަގްރާމްގައި އެވެ. މިއީ އިންޑިއާގެ ތަރިއަކު ވޯލްޑްކަޕްގެ ހުށަހެޅުމެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެ ތަރިންނާއި އެކު ނޯރާ ބައިވެރިވާ ހުށަހެޅުމުގައި އޭނާ ލަވަކިޔާނީ ހިންދީ ބަހުންނެވެ. އަދި ނޯރާގެ ނެށުންވެސް ލަވައިން ފެނިގެންދާނެ އެވެ.

ވޯލްޑްކަޕްގެ ތީމް ލަވައިގަވެސް މިފަހަރު ނޯރާ ފެނިގެންދާނެ އެވެ. އޭނާ އާއި އެކު އެ ލަވައިން ފެނިގެންދަ ސަރަހައްދީ ފެންވަރުގެ ލަވަކިޔުންތެރޭގައި ގަތަރުގެ ލަވަކިޔުންތެރިޔާ ބަލްގީސް ފާތީ އާއި މޮރޮކޯގެ ލަވަކިޔުންތެރިޔާ މަނާލް ބެންޗްލިހާ ހިމެނެ އެވެ.

ނޯރާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ތޭންކް ގޯޑް" ގައި ހިމެނޭ ލަވައެއްކަމަށްވާ "މަނިކޭ"އިން ސިދާތް މަލޯތްރާ އާއި އެކު އެވެ. އެ ފިލްމު އަދި ރިލީޒް އެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް