އަތޮޅު ތެރެއަށް މި ސަރުކާޜުން ގެންނަމުންދާ ތަރައްގީއަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ޓުވީޓު ކުރެއްވީ މިއަދު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި ސީޕްލޭން ޓާމިލް އާއި ގުޅޭގޮތުންނެވެ. އެ މަޝްރޫއު ތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަސައްކަތްތަކެވެ.
ޖަމީލް ވިދާޅުވީ އާ ރަންވޭ ކަށަވަރު ކޮށްދެނީ ޔާމީން އަކީ ޒަމާނީ ތަރައްގީގެ ބާނީކަން ކަމަށެވެ. ޖަމީލް ވިދާޅުވީ މިހާރުގެ ވެރިމީހާ ހަރުކޮށްނަނީ އެބޭފުޅާގެ މިންވަރުން ކަމަށެވެ.
އެ މިންވަރުގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ އަތޮޅު ތެރެއަށް މި ސަރުކާރުން ކޮށްދެމުންދާ މަސައްކަތްތަކެވެ. އޭގެ ތެރޭގައި އިންޖީނުގެ އެޅުމާއި، ސްކޫލްތަކުގެ ކްލާސްރޫމްތައް އިތުރު ކުރުމާއި ބަސް ހުއްޓި އެޅުމާއި ތަންތަން ރީބްރޭންޑު ކުރުން ފާހަގަ ކޮށްފައިވެ އެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހާއި ހިލާފަށް ކުރީގެ ވެރިން ކަމަށްވާ މަރުހޫމް އިބްރާހިމް ނާސިރާއި ރައީސް ޔާމީނަކީ އެހެން ލީގެއްގެ ބޭފުޅުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އާރަންވޭ އަކީ މިދިޔަ 60 އަހަރުތެރޭގައި އިގްތިޞާދަށް ވެރިޔަކު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.
https://twitter.com/MJameelAhmed/status/1577882886010986496
އެ ޓުވީޓުގައި އިތުރަށް ވިދާޅުވީ 2023ގައި ޔާމީން އިންތިޚާބުކުރަން ދިވެހިން ބޭނުންވަނީ މިހެންވެ ކަމަށެވެ. ވިޝަނަރީ، ކެރުންތެރި، ދިވެހިންނަކީ އެހެން ގައުމުތަކަށްވުރެ ދަށް، އިންފީރިއާ ބައެއްކަމަށް ޔާމީން ގަބޫލު ނުކުރައްވާތީ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް