ލެވަކޫސަންގެ ކޯޗުކަށް އަލޮންސޯ

ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗުކަމް ޒަބީ އަލޮންސޯ ހަމަޖައްސައިފިއެވެ. ލެވަކޫސަންގެ ކޯޗުކަން އަލޮންސޯއާއި ހަވާލުކުރީ ކުރިން އެޓީމުގެ ކޯޗުކަމުގައި ހުރި ޖެރާޑޯ ސިއޯނޭ މަގާމުން ވަކިކުރުމަށް ފަހުގައެވެ. ...

06 Oct 2022 | 05:36

ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗުކަމް ޒަބީ އަލޮންސޯ ހަމަޖައްސައިފިއެވެ.

ލެވަކޫސަންގެ ކޯޗުކަން އަލޮންސޯއާއި ހަވާލުކުރީ ކުރިން އެޓީމުގެ ކޯޗުކަމުގައި ހުރި ޖެރާޑޯ ސިއޯނޭ މަގާމުން ވަކިކުރުމަށް ފަހުގައެވެ. ސިއޯނޭ މަގާމުން ވަކިކުރީ މި ސީޒަންގެ ޖަރުމަނު ލީގުގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

އުމުރުން 40 އަހަރުގެ އަލޮންސޯ ލެވަކޫސަން ގެ ކޯޗުކަމާއި ހަވާލުވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ ޓޮޕް ލެވެލްގެ ކުލަބެއްގެ ކޯޗުކަމާއި ހަވާލުވުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި ލެވަކޫސަން އަކީ ހުނަރުވެރި މޮޅެތި ކުޅުންތެރިން ތިބި ކުލަބެއް ކަމަށެވެ. އަދި އެ ކުލަބާއި އެކު ކާމިޔާބީތައް ހޯދޭނެ ކަމަށް ވެސް އަލޮންސޯ ބުންޏެވެ.

" ލެވަކޫސަންގެ ކޯޗުކަން ލިބުމުން އުފާވޭ. އެއީ ޓޮޕް ލެވެލްގެ ކުލަބެއް. ޔޫރަޕުގެ ނަންމަ މަޝްޙޫރު ކުލަބެއް. އެ ކުލަބުގައި ތިބި ކުޅުންތެރިންނާއި އެކު ކާމިޔާބު ހޯދޭނެ." މީޑިއާއާއި ވާހަކަ ދައްކަމުން އަލޮންސޯ ބުންޏެވެ.

ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ވެސް ކުޅެފައިވާ އަލޮންސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ރެއާލް މެޑްރިޑުގެ 14 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް ސޮސިއެޑާޑްގެ ބީ ޓީމައްވެސް އިރުޝާދު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް