ޗެމްޕިއަންސް ލީގު: ފަސޭހަކަމާއި އެކު އޭސީ މިލާން ބަލިކޮށް ޗެލްސީ ދެވަނައަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި އިޓަލީގެ އޭސީ މިލާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމައި އެކު ކާމިޔާބު ކޮށް ޗެލްސީން ގުރޫޕުގެ ދެވަނައަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން ޗ...

06 Oct 2022 | 05:00

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި އިޓަލީގެ އޭސީ މިލާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމައި އެކު ކާމިޔާބު ކޮށް ޗެލްސީން ގުރޫޕުގެ ދެވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން ޗެލްސީ މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިނެވެ.

ރޭގެ މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ޗެލްސީއަށް ޖަހައިދިނީ ފޮފަނާއެވެ. މިއީ މި ސީޒަނަށް އަލަށް ޗެލްސީއާއި ގުޅުނު ފޮފާނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޗެލްސީގެ ފަހު ދެ ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފްގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ބާސެލޯނާއިން ބަދަލުވި ގެބޯންގެ ފޯވާޑް އޮބަމަޔަންއެވެ. ތިންވަނަ ލަނޑު ޖެހީ އިނގިރޭސި ރައިޓް ބެކް ރީސް ޖޭމްސްއެވެ.

ރޭގެ މެޗަކީ ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކޮށް ޕޮޓާ ހަމަ ޖެއްސި ފަހުން ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗެވެ. އަދި ހޯދި ފުރަތަމަ މޮޅެވެ.

ރޭގެ މޮޅާއި އެކު ޗެލްސީން ދެވަނައަށް ޖެހިލިއިރު، ޗެލްސީއަތުން ބަލިވިި އޭސީ މިލާން ވަނީ ގުރޫޕުގެ ތިންވަނައަށް ވެއްޓިފައެވެ. އޭސީ މިލާން ތިންވަނާގައި އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ޗެލްސީއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ޗެލްސީއަށް އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

މިގްރޫޕްގެ އެއްވަނާގައި އޮތީ އާރުބީ ސަލްޒްބާގްއެވެ. އެޓީމް އެއްވަނާގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް