ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް އެފްގައި ރޭ ޝަކްތަރު ޑޮނެސްކް ބަލިކޮށް، ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ސްޕެއިންއާއި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ދަމަހައްޓައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ޝަޚްތަރު އާއި ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.
ރޭގެ މި މޮޅާއި އެކު ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. ރޭގެ މި މޮޅާއި އެކު ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ރެއާލް އޮތީ އެޓީމު ހިމެނޭ ގުރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއި އެކު ޝަޚްތަރެވެ. ތިންވަނާގައި އޮތީ އާރްބީ ލެއިޕްޒިގްއެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައިރު، ބޭނުން ހިފުނީ މަދު ފުރުސަތެއްގައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. ރެއާލުން މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ލަނޑަށް ފަހު ރެއާލުން ލީޑު ފުޅާކުރިއިރު، އެޓީމުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއަރއެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެ ދިނީ ރޮޑްރިގޯއެވެ.
ރެއާލުގެ ދެ ލަނޑަށް ފަހު ޝަޚްތަރު ޑޮނެސްކުން އެޓީމުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުނިމެން ދަނިކޮށް މެޗުގެ 39 ވަނަ މިނެޓުގައެވެ. ޝަޚުތަރު ޑޮނެސްކްގެ ލަނޑު ޖެހީ އޮލެކްސެންޑަރ ޒުބްކޯވްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް