ޑިޕްލޮމާ ހެދިކަމަށް އަމިއްލަ ސީވީގައިލިޔެ ރެފަރެންސްގެ ގޮތުގައި އަމިއްލަ ނަމްބަރު ޖެހުމުން ޖަލަށް

ސިންގަޕޫރުގައި ވަޒީފާއަކަށް އެދި ފޮނުވި ސީވީގައި ޑިޕްލޮމާ ހެދިކަމަށް ލިޔެ ރެފެރެންސްގެ ގޮތުގައި އަމިއްލަ ނަމްބަރު ޖެހި މީހަކު ޖަލަށް ލައިފިއެވެ. މިފަދަ މައްސަލައެއްގައި ތިން ހަފްތާގެ މުއްދަތަށް ޖަލަށް...

06 Oct 2022 | 02:40

ސިންގަޕޫރުގައި ވަޒީފާއަކަށް އެދި ފޮނުވި ސީވީގައި ޑިޕްލޮމާ ހެދިކަމަށް ލިޔެ ރެފެރެންސްގެ ގޮތުގައި އަމިއްލަ ނަމްބަރު ޖެހި މީހަކު ޖަލަށް ލައިފިއެވެ.

މިފަދަ މައްސަލައެއްގައި ތިން ހަފްތާގެ މުއްދަތަށް ޖަލަށް ލާފައިވަނީ މުހައްމަދު ރަސުލް ކާދިރު އަލީ ނަމަކަށް ކިޔާ މީހެކެވެ.

ސިންގަޕޫރު މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ކާދިރި އަލީ ވަޒީފާއަކަށް އެދި ފޮނުވި ސީވީއާއެކު ޑިޕްލޮމާގެ ފޭސް ސެޓިފިކެޓެއްވެސް އެޓޭޗްކޮށްފައިވެއެވެ. އަދި ސީވީގައި ޑިޕްލޮމާގެ ރެފެރެންސަށް ދެ ނަމްބަރެއްވެސް ހިމަނާފައިވެއެވެ.

ކާދިރު އަލީ ގޯސް ހަދައިފިކަން ފަޅާއެރީ އިންޓަވިއުކުރި ފަރާތުން ރެފެރެންސް ހޯދުމަށް ގުޅިއިރު ކާދިރު އަލީގެ އަޑާއި ވައްތަރުވުމުން އިތުރަށް ސާފުކުރިއިރު އެ ދެ ނަމްބަރުވެސް ކާދިރު އަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމުންނެވެ.

ކާދިރު އަލީ ތިން ހަފްތާގެ މުއްދަތަށް މިހާރު ޖަލަށް ލާފައިވާއިރު އޭނާ ވަނީ އެކަން އެމަގުން ކުރިކަމަށް އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް