ހއ. ދިއްދޫގައި ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހއ.ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހއ.ދ...

06 Oct 2022 | 02:28

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހއ.ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހއ.ދިއްދޫގެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް، ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ޢަމަލުކުރަން ޖެހޭގޮތް އުނގަންނައިދީ، ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމްތަކެއްކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އޮކްޓޫބަރު ހަތަރު ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި 20 ފަރާތެއް ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި، އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާނޭ ގޮތްތަކުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތައް އަމަލީގޮތުން ބޭނުންކުރަން ދަސްކޮށްދިނުން ހިމެނެއެވެ.

މި ޕްރޮގްރާމް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓްގެ ސިފައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް