ލަޒާޑާއިން ލަނޑެއް: އައިފޯނު އޯޑަރުކޮށްގެން ލިބުނީ ހުސް ފޮށި

ލަޒާޑާއިން އައިފޯން 13 ޕްރޯ މެކްސް އަކަށް އޯޑަރުކުރި އަންހެނަކަށް ދެރަގޮތެއް މެދުވެރިވެއްޖެއެވެ. ސިންގަޕޫރުގެ ނޫސްތަކުގައި މި ހަބަރު ފަލަ ސުރިހީގައި ކަވަރުކޮށްފައިވާއިރު ބުނެފައިވަނީ ސިންގަޕޫރު އަންހެ...

06 Oct 2022 | 01:55

ލަޒާޑާއިން އައިފޯން 13 ޕްރޯ މެކްސް އަކަށް އޯޑަރުކުރި އަންހެނަކަށް ދެރަގޮތެއް މެދުވެރިވެއްޖެއެވެ.

ސިންގަޕޫރުގެ ނޫސްތަކުގައި މި ހަބަރު ފަލަ ސުރިހީގައި ކަވަރުކޮށްފައިވާއިރު ބުނެފައިވަނީ ސިންގަޕޫރު އަންހެނަކު މިދިޔަ މަހުގެ 27ގައި ލަޒާޑާއިން 1600އެއްހާ ޑޮލަރަށް އައިފޯން 13 ޕްރޯ މެކްސް އެއް އޯޑަރުކުރުމުން އޭނާއަށް ލިބުނީ ހުސް ފޮއްޓެއް ކަމަށެވެ. ލަޒާޑާގެ ޕާރުސަލް އޮތީ ކަނޑައިގެން އޭގެން އައިފޯނު ނެގުމަށްފަހު އަލުން ޕެކްކޮށްފައިކަމަށް އެ އަންހެންމީހާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލަ ފެންމަތިވުމުން ލަޒާޑާ ސިންގަޕޫރުން ވަނީ މިހާރު އެ އަންހެން މީހާއަށް ޖެހިގެން އައި ދުވަހު، އޭނާ އޯޑަރު ކުރި މޮޑެލް އަދި ކުލައިގެ އައިފޯން 13 ޕްރޯ މެކްސް އެއް ހަދިޔާކޮށްފައެވެ.

ލަޒާޑާއިން ބުނެފައިވަނީ މި މައްސަލަ ބަލާނެ ކަމަށެވެ.

ލަޒާޑާއަކީ އިރު ދެކުނު އޭސިއާގެ ގައުމުތަކުގައި އެންމެ ވަރުގަދަ އެއް އީ-ކޮމާސް ޕްލެޓްފޯމެވެ. ސިންގަޕޫރާއި ހަމައިން 2012ގައި ފެށި މި އީ-ކޮމާސް ވިޔަފާރި މިހާރު ވަނީ އިންޑޮނޭޝިޔާ، މެލޭސިޔާ، ފިލިޕިންސް، ތައިލެންޑް އަދި ވިއެޓްނާމަށް ފުޅާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް