ސިވިލް އޭވިއޭޝަން ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ކުވޭތުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައިވަނީ ކެނެޑާގައި މިދިޔަ މަހުގެ 27 އިން މާދަމާގެ ނިޔަލަށް ކުރިއަށްދާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައެވެ.
މި އެއްބަސްވުމުގައި ކުވޭތުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަންގެ ހެޑް، ޝެއިޚް އަބްދުﷲ އަލީ، އަލް އަބްދުﷲ އަލް ސަބާހެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
މި އެއްބަސްވުމުގެ ސަބަބުން އޭވިއޭޝަން ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކާގޯ އަދި ކޮމާޝާލް ފްލައިޓްތައް އޮޕަރޭޓްކުރުންކަހަލަ ކަންކަމުގައި ދެ ގައުމަށްވެސް ފައިދާތަކެއް ވެގެންދާނެކަމުގައި ކުވޭތުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް