މިދިޔަ އާދީއްތަ ދުވަހު ދެ ސައިކަލެއް ޖެހިގެން އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
އައްޑޫ ލައިވް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ އިބްރާހިމް ހުސެއިން ކިޔާ މީހެކެވެ. އޭނާ ނިޔާވީ ރޭ 12:29 ހާއިރުގައި ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
އާދީއްތަ ދުވަހުގެ އެ އެކްސިޑެންޓް ހިނގީ ހިތަދޫ ލިންކު ރޯޑުގައެވެ. މި އެކްސިޑެންޓްގައި ނިޔާވި ހުސެއިންގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އިތުރު ފަރުވާއަށް މާލެވެސް ގެނައިކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
މި އެކްސިޑެންޓްގައި އިތުރު ދެމީހަކަށްވެސް އެކި ވަރުގެ އަނިޔާ ލިބުނެވެ. ނަމަވެސް އެމީހުންގެ ހާލު ރަނގަށެވެ.
އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި އިބްރާހިމް ހުސެއިންގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިއަދު އަސުރު ނަމާދަށްފަހު، އައްޑޫ ސިޓީ ހިތަދޫ ހުސެއިން މޫސާ މިސްކިތުގައި އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް