މާލޭގައި މިހާރުކުރިއަށް ދާ 13 ވަނަ ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް ހިލޭ 1 ޖީބީ ޑާޓާ ލިބޭ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފި އެވެ.
އުރީދޫ އިން ބުނީ މިއީ މުބާރާތާއި ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އުރީދޫ މޯލްޑިވްސް އިން ބުނީ މިއީ ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ 1 ޖީބީ ޑޭޓާ ލިބޭ ގޭމެއް ކަމަށާއި މި ގޭމް ކުރިއަށްދާނީ އުރީދޫ މޯލްޑިވްސްގެ ސެލްފްކެއަރ އެޕް، އުރީދޫ އެޕްގައި ކަމަށެވެ.
50 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާރޖް ކުރާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށް މިގޭމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް
- އުރީދޫ އެޕް އަށް ޒިޔާރާތްކޮށްލައްވާ: http://ore.do/app
- 50ރފ އާއި މަތިން ރިޗާރޖްކޮށްލައްވާ
- ރީޗާރޖްކޮށްލުމުން ސްކްރީނުން ފެނިވަޑައިގަންނަވާ PLAY ONCE އަށް ފިތާލައްވާ
- ޕެނަލްޓީ ކިކަކުން ގޯލްޖައްސަވާ ހިލޭ ޑޭޓާ ހޯއްދަވާ
ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ސާޕް ޗެމްޕިއަންޝިޕް 2021 ގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުން ނެވެ.
މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.
މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ރޭވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް