ކުރިޔަށް އޮތް ތަނުގައި ނަތީޖާ ނުނެރެވިއްޖެ ނަމަ ސޮލްޝެއަރ މަޤާމުން ދުރުކުރަނީ

ކުރިއަށް ހުރި މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވިއްޖެ ނަމަ އެ ޓީމުގެ ކޯޗު އޮލެ ގަނަ ސޯލްޝެއާގެ މަގާމުން ދުރުކުރުމަށް ނިނަމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި...

06 Oct 2021 | 18:29

ކުރިއަށް ހުރި މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވިއްޖެ ނަމަ އެ ޓީމުގެ ކޯޗު އޮލެ ގަނަ ސޯލްޝެއާގެ މަގާމުން ދުރުކުރުމަށް ނިނަމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން ދާ ނަތީޖާތަކާއި މެދު ގިނަ ބަޔައެއްގެ ފާޑުކިޔުން ސޮލްޝެއާއަށް އަމާޒުވެފައިވާއިރު، ޔުނައިޓެޑުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އޭނާ މަގާމުން ވަކިކުރުމަށް ވެސް ގޮވާލަނުންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ޔުނައިޓެޑްގެ ބޯޑުންވެސް ވަނީ ޔުނައިޓެޑުގެ ހާލަތާއި މެދު ސޯލްޝެއާއާއެކު މަޝްވަރާވެސް ކޮށްފައެވެ. އެގޮތުން ކުރިޔަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފައިވާ ކަމަށްްވެސް ރިޕޯޓުގައި ބުނެެފައިވެެއެވެ.

މި މަޝްވަރާތަކުގައި ބޯޑުގެ ފުރިހަމަ ތާއީދު ސޯލްޝެއާ އަށް އެބައޮތް ކަމަށާއި ނަމަވެސް ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅު ނުކުރެވޭނަމަ އެ ތާއީދު އަނބުރާ ގެންގޮސް ކަންކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑަށް ކުރިޔަށް އޮތް 10 މެޗުގެ ނަތީޖާއަށް ބަލާފަ ނަތީޖާ ގޯސްނަމަ ކޯޗު ބަދަލުރުމަށް ޔުނައިޓެޑްގެ ބޯޑުން ވަނީ ނިންމާފައެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗަށް ބަލާއިރު، އޭގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. މޮޅުވީ ދެ މެޗުންނެވެ. މޮޅުވި ދެ މެޗަކީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން މޮޅުވި މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އަތުންލީގުގައި ކުޅުނުމެޗެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސް އަތުން ބަލިވިއިރު، ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ވަނީ ބަލިވެފައެވެ. މީގެ އިތުރުން ޔުނައިޓެޑް ވަނީ ލީގު ކަޕްގައި ވެސްޓް ހޭމް އަތުން ބަލިވެގެން މުބާރާތުން ކަޓާފައެވެ. މީގެ އިތުރުން އެންމެ ފަހުން ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން ވީއެއްވަރެވެ.

2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ސޮލްޝެއާ ވަނީ ނިމިގެން ދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑް ގެންގޮސް ދީފައެވެ. ފައިނަލުން ޔުނައިޓެޑް ބަލިވީ ސްޕެއިންގެ ވިޔަރެއާލާއި ވާދަކޮށެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ޔުނައިޓެޑުން ނިންމާލީ ލީގުގެ ދެވަނާގައި އޮވެގެންނެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް