އިސްލާމްދީން ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ ދީން ކަމަށާއި ދިވެހި ބަހަށް ފަރިތަ, ދިވެހި ތާރީޚާއި ޘަޤާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭ ކަމަށެވެ.
ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައިހުރި ރީތި އާދަތަކާއި ސިފަތައް ނަގަހައްޓަންޖެހޭ. ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމާއި, ކުޑަކުދިންނަށް އޯގާތެރިވުމުގެ މާތްސިފަ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ ލިބިގަންނަންޖެހޭ. ޒަމާނުންސުރެ ދިވެހިން މަޝްހޫރުވެފައިވާ މެހުމާނުންނަށް ކަމޭހިތުމުގެ ރީތި ސިފަތަކުން ޖަރީވާން ޖެހޭ" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
މީގެއިތުރުން ހޯމް މިނިސްޓަރ ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ، މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް