ރެއާލް މެޑްރިޑަށް އެމްބާޕޭ ބޭނުމެއް ނުވޭ : ކަޕެއްލޯ

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބޭނުން ނުވާނެ ކަމަށް އިޓަލީއަށް އުފަން ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ. ރެއާލްއަށް އެމްބާޕޭ ދާން އުޅޭކަމުގެ އަޑުތައް ގަދަވ...

06 Oct 2021 | 17:07

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބޭނުން ނުވާނެ ކަމަށް އިޓަލީއަށް އުފަން ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ.

ރެއާލްއަށް އެމްބާޕޭ ދާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، ކަޕެއްލޯ ބުނީ ރެއާލްއަށް އެމްބާޕޭ ބޭނުންނުވާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ފޯވާޑުން މިހާރުވެސް ރެއާލް ގައި އެބަ ތިބިކަމަށެވެ. އެހެން ކަމުން ބޮޑު އަގުދީފައި އެމްބާޕޭ ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ކަޕެއްލޯ ބުންޏެވެ..

އިތުރަށް ކަޕޭއްލޯ ބުނީ މިވަގުތު ބޮޑު އަގު ދީފައި ރެއާލްއަށް ފޯވަޑެއް ގެނައުމުގެ ބަދަލުގައި ރަނގަޅު ޑިފެންޑަރެއް ހޯދުންވެސް މާ ރަނގަޅުވާނެ ކަމަށެވެ. ރެއާލައަށް މިވަގުތު އެންމެ ބޭނުންވަނީ ރަނގަޅު ފެންވަރުގެ ޑިފެންޑަރުން ކަމަށްވެސް ކަޕެއްލޯ ބުންޏެވެ.

" ރެއާލްއަށް މިވަގުތު ބޮޑު އަގު ދީފަ އެމްބާޕޭ ގެނައުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން. ރެއާލުގައި މިވަގުތު ވެސް ރަނގަޅު ފެންވަރުގެ ފޯވަޑުން އެބަތިބި. ރެއާލަށް މިވަގުތު ބޭނުންވަނީ ރަނގަޅު ފެންވަރުގެ ޑިފެންޑަރުން." ލަޕެއްލޯ ބުންޏެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ރެއާލް މެޑްރިޑުން ވަނީ އެމްބާޕޭ ގަންނަން ރެކޯޑް އަދަދެއް ހުށައަޅާފައެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ގަންނަން ރެއާލުން ވަނީ މިހާތަނަށް ތިން ބިޑެއް ކޮށްފަ އެވެ. އެ ތިން ހުށަހެޅުމަށް ވެސް ޕީއެސްޖީން ޖަވާބެއް ނުދެ އެވެ.

ރެއާލުން އެންމެ ފުރަތަމަ ކުރީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. އަދި ދެ ވަނަ އަށް ކުރީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ބިޑެކެެވެ. ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން މޮނާކޯ އަށް ދެއްކި ދެއްކީ ރެއާލުން އެންމެ ފަހުން ހުށަހެޅި ބިޑާ ދާދި އެއް އަދަދެކެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ރެއާލުން ޕީއެސްޖީއަށް ހުށަހެޅީ ބޯނަހާ އެކު 267 މިލިއަން ޑޮލަރު (226 މިލިއަން ޔޫރޯ)ގެ ބިޑެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމްބާޕޭ މިހާރު ވަނީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވާން ނިންމައިފަ އެވެ. އެމްބާޕޭ ބޭނުންނަމަ ޖުލައި މަހު ރެއާލާ ގުޅޭ ގޮތަށް ޖެނުއަރީ މަހުގައި ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެ އެވެ.

އެކަމަކު، ޕީއެސްޖީން ކުރިއަށް އޮތް ސީޒަނުގެ ތެރޭގައި އެމްބާޕޭ ލައްވައި އާ އެއްބަސްވުމެއް ހަދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ބުނެފަ އެވެ. ޕީއެސްޖީން މި ފަހަރު އެމްބާޕޭ ނުވިއްކި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ ރައީސް ނާސިރް އެލް ހެއްލާފީ އެ ގޮތަށް ނިންމުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް