ނޫސްވެރިންގެ ޕްރެޝަރަރއަށް ކެތްނުވެގެން އޭސީސީ އިން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފި

ނޫސްވެރިންގެ ޕްރެޝަރަރއަށް ކެތްނުވެގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓު ކޮމެޓީ އާ، އޭސީސީން ބައްދަލު ކޮށްފައިވަނީ މި...

06 Oct 2021 | 16:07

ނޫސްވެރިންގެ ޕްރެޝަރަރއަށް ކެތްނުވެގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓު ކޮމެޓީ އާ، އޭސީސީން ބައްދަލު ކޮށްފައިވަނީ މިއަދު އެވެ. އެ ކޮމިޝަނުން ފްލެޓު ކޮމެޓީއާ ބައްދަލުކޮށްފައިވަނީ ހުށަހަޅާފައިވާ ރިޕޯޓާއި ގުޅިގެން ފިޔަވަޅެއް ނާޅާ އަދި ސުވާލުކުރަން ޖެހޭ ފަރާތްތަކާއި ސުވާލުނުކޮށް ގިނަދުވަސްތަކެއް ފާއިތުވެފައިވާތީ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފްލެޓް ކޮމިޓީގެ ރިޕޯޓުގައި ކޮންމެ ކެޓަގަރީއަކުން ވެސް ދިރިއުޅުމުގެ ހާލަތަށް ވަކި އަދަދަކަށް ޕޮއިންޓް ކަނޑައަޅާފައި އޮތްއިރު، ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްނުކޮށް ޕޮއިންޓް ދީފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ފޯމުގައި ލިޔެފައިވާ ހާލަތު ބަޔާން ފިޔަވައި އެއްވެސް އުސޫލެއް ނެތި ހިތުހުރި ގޮތަކަށް ޕޮއިންޓް ދީފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތރުުން ބިންވެރިކަން ކަށަވަރުނުކޮށް ފްލެޓް ދިނުމާއި އަމީން އެވެނިއުގައި ފްލެޓް ހުރި މީހުންނާއި މާލެއިން 600 އަކަފޫޓަށް ވުރެން ބޮޑު ބިމެއް އޮންނަ މީހުންނަށް ވެސް ފްލެޓް ދީފައިވާކަން ފާހަގަކޮށްފައި ވެއެވެ. އަދި ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރަޖިސްޓްރީވި މީހުންނަށް އެ ކެޓަގަރީން ފްލެޓް އެވޯޑުކުރުން އަދި މާލޭގައި އެތައް އަހަރަކު ވަޒީފާ އަދާކުރި ޓީޗަރުން ތިއްބައި އަތޮޅުތަކުން ބަދަލުވި ޓީޗަރުންނަށް މަތިން ޕޮއިންޓް ދިނުންފަދަ ކަންކަން ވަނީ ފާހަގަ ކޮސްފަ އެވެ.

ފްލެޓް ލިބޭނެ ކަމަށް ހައުސިންގ މިނިސްޓްރީން 2017 ވަނަ އަހަރު އިއުލާން ކުރި ލިސްޓް އާންމު ކުރި އިރު އެ މީހުންގެ ނަމާއި ލިބުނު މާކްސްތައް އާންމުކޮށްފައި ނުވާތީ, އޭރުވެސް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކޮށްފަ އެވެ.  އަދި ޕޮއިންޓް ދިން ގޮތްވެސް ރައްޔިތުންނަށް ރަނގަޅަށް ސާފު ކޮށްދެވިފައެއް ނުވެއެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އަވަސް އަރުވާލައިގެން ފްލެޓްތައް ބަހައި ނިންމާލި މައްސަލާގައި އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެކަމުގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ފްލެޓްތައް ދީފައިވަނީ "ހައްގުވެރިންނަށް" ކަމަށެވެ.

އެކަމަށް ކަނޑައެޅި ކޮމިޓީއަކުން، އޭރު ފްލެޓްތައް ބަހައި ނިންމާލި އިރު، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އުފެއްދި މި ކޮމިޓީގެ މެމްބަރުންނަށް ވެސް ވަނީ ފްލެޓު ލިބިފަ އެވެ.

އެހެންވެ، މިފަދަ ސަބަބުތަކާހެދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭރު މިކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ މައްޗަށް ކުރެވިފައި ވެއެވެ.

މިދުވަސްވަރު، ނޫސްވެރިން ވެސް ވަނީ ފްލެޓް ކޮމެޓީގެ ރިޕޯޓާއި ގުޅިގެން އެޅީ ކޮން ފިޔަވަޅެއްތޯއާ، މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ސުވާލުކޮށްފަ އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި, ކޮރަޕްޝަން ހިމެނޭ ގޮތަށް ހިޔާ ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެކެވެ.

އޭސީސީއަށް ހުށަހެޅީ ފްލެޓް ދިން ގޮތް ބަލަން ރައީސް ޞާލިޙު އުފެއްދެވި ފްލެޓް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް