ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލް - ސްޕެއިންގެ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި

ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލަުގައި މިރޭ ސްޕެއިން އިޓަލީއާއި ދެކޮޅަށް ނިކުންނައިރު، އެޓީމު މުހިންމު ގިނަ ކުޅުންތެރިންތަކަކަށް މިރޭ ނުކުޅެވޭނެއެވެ. ނޭޝަންސް ލީގު ސެމީގައި މިރޭ އިޓަލީއާއި ދެކޮޅަށް ސް...

06 Oct 2021 | 14:21

ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލަުގައި މިރޭ ސްޕެއިން އިޓަލީއާއި ދެކޮޅަށް ނިކުންނައިރު، އެޓީމު މުހިންމު ގިނަ ކުޅުންތެރިންތަކަކަށް މިރޭ ނުކުޅެވޭނެއެވެ.

ނޭޝަންސް ލީގު ސެމީގައި މިރޭ އިޓަލީއާއި ދެކޮޅަށް ސްޕެއިން ނިކުންނައިރު، އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. މިރޭ އިޓަލީއާއި ދެކޮޅަށް ނުކުޅެނޭނެ ކުޅުންތެރިންގެ ތެރޭގައި ޕެޑްރީ، އަލްވާރޯ މޮރާޓާ، ޖެރާޑް މޮރޭނޯގެ އިތުރުން ސާޖިއޯ ރޮބާޓޯ ހިމެނެއެވެ. އަދި މީގެ އިތުރުން ޑެނީ އޮލްމޯ އާއި މާކޮސް ލޮރެންޓޭގެ އިތުރުން ޖޯޑީ އަލްބާ ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

ގިނަ އިންޖަރީ ތަކަކާއި އެކު ސްޕެއިން މިރޭގެ މެޗަށް ނިކުންނަނީ ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ. އިންޖަރީވި ކުޅުންތެރިންގެ ބަދަލުގައި ޕަންލޯ ސަރަބިއާ، ރެގިލޮން، އޮޔަޒަބަލް، ފަދަ ކުޅުންތެރިން ވަނީ ސްޕެއިންގެ ސްކޮޑްގައި ހިމަނާފައެވެ.

ސްޕެއިންގެ ކޯޗު އެންރީކޭ ބުނީ މިރޭގެ މެޗަށް ގިނަ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބިކަމަށާއި އެއީ ޓީމަށް ލިބުގެން ދިޔަ ހީނަރުކަމެއް ކަމަށެވެ. ނަމަވެސް މިރޭގެ މެޗަށް ނަގާފައިވާ ސްކޮޑް ގައި ހިމެނޭ ކުޅުންތެރިންނަކީ ވެސް ރަނގު ހުނަރުހުރި ކުޅުންތެރިންކަމަށް ވެސް އެންރީކޭ ބުންޏެވެ. އަދި މި ޓީމާއި އެކު އިޓަލީގެ މައްޗަށް ކުރި ހޯދޭނެ ކަމަށްވެސް އެންރީކޭ ބުންޏެވެ.

ސްޕެއިން އިޓަލީ ބައްދަލުކުރާ ސެމީފައިނަލް މެޗުގެ ކުޅުން ފެށޭނީ މިރޭ ރާއްޖޭ ގަޑިން11:45 ގައެވެ. މި މެޗު ކުޅޭނީ މިލާންގެ ސަންސީރޯ ސްޓޭޑިއަމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް