މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ ނުސްވެރިން ތަކެއް އެމަނިކުފާނަށް ސިޓީއެއް ފޮނުވައިފި އެވެ.
ބައެއް ނޫސްވެރިން ހިތްހަމަ ނުޖެހިގެން އުޅެނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެ މައްސަލައިގަ ނޫސްވެރިންތަކެއް ވަނީ މަޖިލީހަށްވެސް އެ މައްސަލަ ވައްދާފަ އެވެ.
ރައީސަށް ފޮނުވި ސިޓީގައި ރާއްޖޭގެ 75 ނޫސްވެރިއަކު ސޮއިކޮށްފަވެ އެވެ. އެ ސިޓީގައި ބުނެފައިވަނީ މި ފަހަރުގެ ނޫސްވެރިކަމުގެ އިނާމު އަންނަ ހޯމަ ދުވަހުގެ ރޭ ދެނީ ފެބްރުއަރީ 22، 2021 ގައި އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް ކަމަށެވެ.
ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ.
މި މައްސަލައިގަ އޮންލައިން ބައެއް ނޫސްތަކުން ވަނީ އެމްއެމްސީއަށް ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް