އަނބިމީހާގެ މަޝްހޫރުކަމުގަ ހަރްޝް އުދުހެނީ ކަމަށްބުނެ ފާޑުކިޔުމުން ދިނީ ތަފާތު ޖަވާބެއް!

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގެ ފިރިމީހާ އަދި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަންހެނުންގެ މަޝްހޫރު ކަމުގައި ފައިދާ ނަގައިގެން އުދުހެނީ ކަމަށް ބުނެ ފާޑުކިޔުމުން ދެމަފިރިން ގުޅިގެނ...

06 Oct 2021 | 13:33

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގެ ފިރިމީހާ އަދި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަންހެނުންގެ މަޝްހޫރު ކަމުގައި ފައިދާ ނަގައިގެން އުދުހެނީ ކަމަށް ބުނެ ފާޑުކިޔުމުން ދެމަފިރިން ގުޅިގެން ރައްދު ދީފި އެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވަނީ ހަރްޝް އަކީ މާ ބުރަ މަސައްކަތެއް ނުކޮށް ބާރްތީއަށް ލިބޭ އާމްދަނީއަށް ބަރޯސާވެގެން ހުންނަ މީހެއް ކަމަށެވެ. އަދި އަންހެނުންގެ މަޝްހޫރު ކަމުގެ ފައިދާ އޭނާ ރަނގަޅަށް ނަގާ ކަމަށް ބުނެފައިވެ އެވެ.

އެކަމަށް ރައްދެއް ދޭން ބޭނުންތޯ ނޫސްވެރިން ހަރްޝްއާއި ސުވާލު ކުރުމުން ބުނީ އެކަހަލަ އެއްޗެއް ކިޔާ އަޑު އިވިގެން އަސަރު ކުރާވަރަށްވުރެ ދެމީހުންގެ ގުޅުން ވަަރުގަދަ ކަމަށެވެ. ބާރްތީ ބުނީ އޭނާ ފުރިހަމަވަނީ ހަރްޝް އާއި ލައިގެން ކަމަށާއި އެހެންވީމަ އެފަދަ ވާހަކަތަކަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.

ހަރްޝް ސްކްރިޕްޓު ލިޔެފައިވާ ބައެއް ރިއަލިޓީ ޝޯތަކުގައި ބާރްތީ ބައިވެރިވެފައިވެ އެވެ. ބާރްތީ ބުނީ އެފަދަ ޝޯތަކުގައި އޭނާ ދައްކަން ޖެހޭ ވާހަކަތައް ހަރްޝް ލިޔެފަ ހުންނަނީ އޭނާއަށް ވަރަށް ފަސޭހަގޮތަކަށް އެންމެ ފުރިހަމައަށެވެ.

ބާރްތީ އާއި ހަރްޝް ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

މި ދެ ތަރިން ވަނީ ވަރަށް އަވަހަށް ދަރިއަކު ހޯދާނެކަން އިއުލާނު ކޮށްފަ އެވެ. އަދި ބުނީ މިދިޔަ އަހަރު ކުއްޖަކު ހޯދަން އުޅެފަ މަޑުކޮށްލީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް