އެއަރޕޯޓުގައި ކާރެއް ވޯކްވޭ ފެންސްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ އެއަރޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ވޯކްވޭ ފެންސްގައި ޖެހިގެން ކަމަށެވެ. އަދި ފެންސް ފަޅާލާފައި ގޮސް ވޯކްވޭ މައްޗަށް އެ ކާރު އަރާފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލުމާތު ފުލުހުންނަށް ލިބުނީ މިއަދު 15:28 ގައި ކަމަށާއި އެ އެކްސިޑެންޓުގައި 3 ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ތިން މީހުންނަށް އެއަރޕޯޓުގެ މެޑިކަލް ޕޮއިންޓުގައި ފަރުވާފަރުވާ ދެމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް