ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ - އެކަން ދަނީ ބަލަމުން: އެމްޑަބްލިއުއެސްސީ

ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށާއި އެކަން ދަނީ ބަލަމުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެެވެ. އެ ކުންފުނިން ބުނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހިޔާ މަޝް...

06 Oct 2021 | 13:07

ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށާއި އެކަން ދަނީ ބަލަމުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކޮށްފައިވާ 7000 ހައުސިންގ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައި ކަމަށެވެ.

"ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކާއި، އަދި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން އެކަން ދެނެގަނެ ޙައްލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން." އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ ފެން ބިލް ބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއްސަބަބަކީ އެޕާރޓްމަންޓްތަކުންނާއި ގޭގެ ފެން ވައަރިންގ، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށެވެ. އެހެންވެ، ހުރިހާ ކަސްޓަމަރުން ވެސް އެޕާރޓްމެންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބެއްލެވުމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މިގޮތުން، ފްލެޓްގެ ވޭލްވްތައް އަދި އިސްކުރުތައް ރަނގަޅަށް ބާރުކޮށްލެއްވުމަށްފަހު، އަމިއްލައަށް މީޓަރު އެނބުރޭތޯ ބައްލަވާ، ފެން ލީކެއް އުޅޭކަން ޔަޤީންކޮށްލެއްވުމަށް ވަނީ އެދިފަ އެވެ. އަދި މިފަދަ މައްސަލަތަކުން ު ރައްކާތެރިވެ ތިބމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައް ވެސް ބަންދުކޮށްލާފައި ބަހައްޓަވައި، އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެންޑަބްލިއުއެސްސީން ބުނީ ފްލެޓްގެ ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން ކޯލް ސެންޓަރަށް ހުށައެޅުއްވުމަށް އެދޭ ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއިއެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް