އެޗްއާރްސީއެމްގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މަޖިލީހަށް ހުށަހަޅައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިސް (އެޗްއާރްސީއެމް) ގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގެ މައްޗައް ބިނާކޮށް ތައްޔާރުކުރެވުނު ކީ ޕާރފޯމަންސް އިންޑިކޭޓަރސް ޕްރެޒެންޓޭޝަން ރައްޔިތުންގެ މަޖިލީހުގ...

06 Oct 2021 | 11:52

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިސް (އެޗްއާރްސީއެމް) ގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގެ މައްޗައް ބިނާކޮށް ތައްޔާރުކުރެވުނު ކީ ޕާރފޯމަންސް އިންޑިކޭޓަރސް ޕްރެޒެންޓޭޝަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމް އިން މި ޕާރފޯމަންސް އިންޑިކޭޓަރސް ޕްރެޒެންޓޭޝަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅައިފައި މިވަނީ 2021 އޮކްޓޯބަރ 5 ވަނަ ދުވަހު އެވެ.

އެގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ފަސް މެންބަރުންގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އެވެ.

މި ޕްރެޒެންޓޭޝަނަށްފަހު ކޮމިޓީގެ މެމްބަރުން ކުރެއްްވި ސުވާލުތަކަށް ކޮމިޝަނުގެ މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލް ޖަވާބުދެއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް