ފައިސާ ދައްކާފައިވާ ސައިކަލުތަކެއް ފޯރުކޮށްދީފައި ނުވާތީ، ލިޓަސްގެ ގިނަ ކަސްޓަމަރުންތަކެއް، މީސްމީޑިއާގައި ޝަކުވާތައް ބަންޑުންކޮށްލައިފިއެވެ.
މީސްމީޑިއާގައި ޝަކުވާ ހިއްސާކުރި ޒުވާނަކު ބުނީ އޭނާ ސައިކަލަށް ފައިސާ ދައްކާ ނިންމިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވީ ނަމަވެސް ސައިކަލު ލިބިފައި ނުވާ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ.
https://twitter.com/shamoosharyf/status/1445323407709532163
"އަޅުގަނޑު ދަރިޔަކު ސްކޫލަށް ގެންގޮސް، ވަޒީފާއަށްދާން ސައިކަލެއް ގަތީ" އޭނާ ބުނެފައި ވެއެވެ.
އިތުރު މީހަކު ވެސް ވަނީ ޓްވިޓާގައި އެ ވާހަކަައަށް ތާއީދުކޮށް ލިޓަސް އަށް ފާޑުކިޔާފައެވެ. އޭނާ ވެސް ބުނީ ފުލް ޕޭމަންޓް ދެއްކީމަވެސް ވާ ކަމެއް ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން ދުވަސް އިން ވަނީ ލިޓަސްގެ ބަހެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް، މިހާ ތަނަަށް އެ ކުންފުނީގެ ބަހެއް ލިބިފައި ނުވެއެވެ.
"އަޅުގަނޑުމެން މިދަނީ ތިކަން ބަލަމުން، ޖަވާބެއް ދޭނަން" ލިޓަސްގެ އޮފިޝަަލަކު ވިދާޅުވީ ހަމައެކަނި މިހެންނެވެ،
ސައިކަލު ވިއްކާ ފަރާތްތަކުން މި ގޮތަށް އަމަލުކުރާތީ މީގެ ކުރިން ވެސް އެކި ފަރާތްތަކުން މީސްމީޑިއާގައި ކަންބޮޑުވުން ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް ކީދުމަތުގެ ފެންވަރު ރަނގަޅުކުރެވިފައި ވަނީ މަދު ބަޔަކަށެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް