މުހައްމަދު އަލީގެ ތަފާތު ކުރެހުމެއް މިލިއަނެއްހާ ޑޮލަރަށް ވިކިއްޖެ

އެމެރިކާގެ ތާރީހުގައި އުފެދުނު އެންމެ ވަރުގަދަ ބޮކްސިން ޝަހުސިއްޔަތު ކަމަށްވާ މުހައްމަދު އަލީގެ ތަފާތު ކުރެހުމެއް މިލިއަނެއްހާ އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ. މުހައްމަދު އަލީ މަރުވީ 2016 ވަނަ އަހ...

06 Oct 2021 | 10:38

އެމެރިކާގެ ތާރީހުގައި އުފެދުނު އެންމެ ވަރުގަދަ ބޮކްސިން ޝަހުސިއްޔަތު ކަމަށްވާ މުހައްމަދު އަލީގެ ތަފާތު ކުރެހުމެއް މިލިއަނެއްހާ އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ.

މުހައްމަދު އަލީ މަރުވީ 2016 ވަނަ އަހަރު އެވެ. އޭނާ މުޅި ދުނިޔޭގައި މަޝްހޫރުވެފައިވަނީ ބޮކްސިން ކުޅުމުގެ ރޮނގުންނެވެ. އެކަކަށްވެސް އޭނާ އަކީ ކުރެހުމުގެ ތަފާތު ހުނަރެއް ގެންގުޅުނު މީހެއް ކަމެއް ނޭނގެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި މި ހަފްތާގައި ބޭއްވި އޯކްޝަންއެއްގައި އޭނާގެ ކުރެހުން ބެހެއްޓީ އެ އަގުގައި ވިކިދާނެ ކަމަށް އުންމީދު ކޮށްގެންނެއް ނޫނެވެ. އެ ކުރެހުން ވިއްކަން ބެހެއްޓީ އާޓް ކަލެކްޓާއެއް ކަމަށްވާ މުހައްމަދު އަލީގެ އެކުވެރި ރޮޑްނޭ ހިލްޓަން އެވެ.

ކުރެހުމުން ފެންނަނީ ޖައްވުގައި ދަތުރު ކުރަމުންދާ ޖެޓެކެވެ. ކުރެހުން ހިއްސާ ކުރަމުން އޭނާ ބުނީ އެ ކުރެހުން ކުރެހި ދުވަހު މުހައްމަދު ބުނީ އެ ފޮޓޯއިން ދޭހަކޮށްދެނީ އޭނާ ކުރިއަރައި ދިޔަ އޮތް ކަމަށެވެ.

އެގޮތުން އޭނާގެ ބޮކްސިން ކެރިއަރުގައި ކުރިއަރައިގެން ދިޔައީ ޖެޓެއް ދާ ބާރުމިނުގައި މަގުސަދު ހާސިލް ކުރުމަށް ކުޅަނދުރު އުޅޭހެން ވަރަށް ރޭވުންތެރި ކަމާއި އެކު ކަމަށެވެ. އަދި ކުރިއަރައި ދާން ބޭނުންވާ މީހާ އަކީ ވިސްނުންތޫނު މީހެއް ނަމަ އޭނާ އެ ދުވި ގޮތަށް ދުވުމަށް އެދުނު ކަމަށް ބުންޏެވެ.

އެ ކުރެހުން ވިކިފައިވަނީ 945،524 އެމެރިކާ ޑޮލަރަށެވެ. އެއީ ރޮންޑޭ އޯކްޝަންގައި އެ ވިއްކަން ކަނޑައެޅި އަގުގެ ތިން ގުނަ އިތުރު އަދަދެކެވެ.

https://www.instagram.com/p/CUh7MgVIf8r/

ރޮންޑޭ ބުނީ އެ ކުރެހުމަކީ 1978 ވަނަ އަހަރު ހުސްވަގުތެއްގައި މުހައްމަދު ކުރަހާލި ކުރެހުމެއް ކަމަށެވެ.

ކުރެހުމުގައި ގެންގުޅޭ ވިސްނުމާއި އާދައިގެ ކުރެހުންތައް ކުރަހާހިތްވަނީ ބައްޕަ ފަރާތުން ލިބުނު ހިތްވަރުން ކަމަށް މުހައްމަދު ބުނި ކަމަށް ރޮންޑޭ ބުންޏެވެ. މުހައްމަދުގެ ބައްޕަ އަކީ ޕްރޮފެޝަނަލް އާޓިސްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް